13 އަހަރުގެ ޝޯރިޔާ ބޭނުންވަނީ ޔޫއޭއީގެ ކުދިންނަށް، އިންޑިއަން ފައިނޭންޝަލް ލިޓްރަސީ ޕްލެޓްފޯމެއް ފަށަން

ޝޯރިޔާ ޗޯދްރީ

އިންޑިއާއަށް އުފަން 13 އަހަރުގެ ޝޯރިޔާ ޗޯދްރީއަކީ ބިލިއަނަރަކަށްވުމުގެ ހުވަފެން ދެކެމުން އަންނަ ކުއްޖެކެވެ.

ޝޯރިޔާއަށް އަށް އަހަރު ފުރުނީއްސުރެ އޭނާ ބޭނުން ވަނީ ވިޔަފާރިވެރިއަކަށްވާށެވެ. ފައިނޭންސް މެނޭޖްކޮށް ބެލެހެއްޓުމަކީ، ބޮޑެތި ގިނަ މީހުންނަށް އުނދަގޫ ކަމަކަށް ވިއަސް، ޝޯރިޔާއަށް އެއީ އެހާ އުނދަގޫ ކަމެއްނޫނެވެ. އޭނާ ކޮށްފައިވާ އިންވެސްޓްމެންޓްތަކުގެ ތެރޭގައި، ސްޓޮކާއި ރަނާއި ކްރިޕްޓޯކަރެންސީ އަދި އެންޓީއެފްއެސް ހިމެނެއެވެ.

މިހާރު ޝޯރިޔާ މަސައްކަތް ކުރަމުންދާ މަޝްރޫޢަކީ، ޔޫއޭއީގެ ކުދިންނަށް، އިންޑިއަން ފައިނެންޝަލް ލިޓްރަސީ ޕްލެޓްފޯމެއް ފެށުމުގެ މަސައްކަތެވެ. "އައީ އެމް އިން ވާރލްޑް" ނަމަކަށް ކިޔާ ކުންފުންޏަކީ، ގްރޭޑް 1 ން 12 ގެ ދަރިވަރުންނަށް، ފައިނެންޝަލް ލިޓްރަސީ އުނގަންނައިދޭ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުން ކުދިންނަށް ފައިނޭންޝަލް ކަންތައްތައް ދަސްކޮށްދެނީ ވަރަށް ޝައުގުވެރިވާނޭހެން ވާހަކަތަކުންނެވެ.

މި ޕްލެޓްފޯމް ޔޫއޭއީއަށް ގެންނަން ނިންމީ، ޝޯރިޔާގެ ރައްޓެހިންނަށް މި ޕްލެޓްފޯމް ދެއްކުމުން، އެ ކުދިންވެސް މިކަމަށް ޝައުގުވެރިކަން އުފެދުމުންނެވެ.

ޝޯރިޔާއަކީ ދުބާއީ އިންޓަރނޭޝަނަލް އެކެޑަމީ، އެމިރެޓްސް ހިލްސްގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. 2019 ވަނަ އަހަރުން ފެށިގެން ޝޯރިޔާ ދިރިއުޅެމުންދަނީ ދުބާއީގައެވެ.

"ހަތަރު މަސް ލިބުން ހުސްކޮށް. އެ ވަގުތުކޮޅުގައި ބައްޕައާއެކީ މަސައްކަތްކުރަމުން އައީ ބައްޕަގެ ވިޔަފާރީގައި. ސްޓައިޕެންޑްއެއްގެ ގޮތުގައި 2000 ދިރްހަމް ލިބޭ މަހަކު. އެ ދުވަސްވަރު ވަރަށް ގިނަ އެއްޗެހި ދަސްކުރިން އަދި ފުދޭވަރަކަށް ވިޔަފާރީގެ ޑީލްތައްވެސް ބައްޕައަށް ކްރެކް ކޮށްދިނިން" –

ޝޯރިޔާ ޗޯދްރީ

ޝޯރިޔާއަށް ވިޔަފާރީގެ ކަންތައްތައް ދަސްކޮށްދީފައިވަނީ، އޭނާގެ ބައްޕައަށް ވިޔަފާރިކުރާނެގޮތް އުނގަންނައިދިން މުދައްރިސް ޑރ. ޕަރިމާލް މަރޗެންޓް އެވެ. ކޯވިޑް-19 ދުނިޔޭގައި ހަލުވިކަމާއެކު ފެތުރިގެން އައި ދުވަސްވަރު، ޑރ.ޕަރިމާލް ހުންނެވީ ޝޯރިޔާގެ ގޭގައެވެ. ޑރ. ޕަރިމާލްގެ ފަރާތުން ވަރަށް ގިނަ ކަންތައްތައް 13 އަހަރުގެ ޝޯރިޔާ އެ ދުވަސްވަރު ދަސްކޮށްފައިވެއެވެ. އެގޮތުން، ބެލެންސް ޝީޓް އަދި ޕީ.އީ ރޭޝިއޯ ބެލުމާއި މިނޫންވެސް ފައިނެންސް އަދި އިންވެސްޓްކުރުމުގެ ތަފާތު ކަންތައްތައް ޝޯރިޔާ ދަސްކޮށްފައިވެއެވެ.

ޝޯރިޔާ، ވިޔަފާރިއާއި ސްޓޮކް މާރކެޓް ކަންތައްތަކުގައި ވަގުތު ހޭދަކުރަނީ ހަމައެކަނި ލިބޭ ހުސްވަގުތު ތަކުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *