އިންޓަނެޓުގެ ޒަރީއާއިން ހިންގާ ކުށްތަކުން ފ. މަގޫދޫ ސްކޫލްގެ ދަރިވަރުން ރައްކާތެރިކުރުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މަގޫދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މި މަހުގެ 09 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ސައިބަރ ކްރައިމްއާއި އޭގެ ބާވަތްތަކަކީ ކޮބައިކަމާއި ސައިބަރ ބުލީންއާއި ސޯޝަލް މީޑިއާގައި ސައިބަރ ބްލެކްމެއިލް ކުރަމުންދާ ދިއުމާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވާކަމަށެވެ.
މީގެ އިތުރުން މިފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނޭ ގޮތާ އަދި އެފަދަ ކަންކަމުން ސަލާމަތްވެ ތިބުމަށް ދަރިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
މަގޫދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، އެ ސްކޫލްގެ ގްރޭޑް 7 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ހުރިހާ ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ.
ފ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ ދަށުން ސްކޫލްތަކުގެ ދަރިވަރުންގެ އިތުރުން ބެލެނިވެރިންނަށްވެސް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ.
advertisment
ހިޔާލު