ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ފޮތް މައުރަޒު ހުޅުވައިފިއެވެ.
މި މައުރަޒު ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.
ޑރ. ޝަހީމް ވަނީ، އެމްއެންޔޫ ބުކް ގްރާންޓްގެ ދަށުން އާއިޝަތު ލީލާ އަޙްމަދު ލިޔުއްވި " އީދު އޮފް ޖޯއީ އިން މޯލްޑިވްސް" ފޮތް ނެރެދެއްވާފައެވެ.

މި އަހަރުގެ ފޮތް މައުރަޒުގައި 42 ފަރާތަކުން ބައިވެރިވެއެވެ. ސެޕްޓެމްބަރު މަހުގެ 3ން 5އަށް ކޮންމެ ދުވަހެއްގެ ހަވީރު 4،ން ރޭގަނޑު 10އާ ހަމައަށް ކުރިއަށް ދާނެއެވެ.
އެމް.އެން.ޔޫ އިން ބާއްވާ ފޮތް މަޢުރަޒަކީ ފޮތް އުފައްދާ ފަރާތްތަކާއި، ވިއްކާ ފަރާތްތައް އަދި ފޮތް ގަންނަ ފަރާތްތައް އެއްތަނަކުށް ބައްދަލުވާ މުހިންމު ބާޒާރެކެވެ. މިއީ ދިވެހި ލިޔުންތެރިން ތަފާތު ބަސްބަހުން ލިޔެފައިވާ އަގުހުރި ފޮތްތައް ކިޔުންތެރިންނާ ހަމައަ ފޯރުކޮށްދިނުމަށް ލިބިގެންދާ އަގުހުރި ފުރުޞަތެކެވެ. ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް މި ފޮތް މަޢުރަޒަށް ޢާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދެއެވެ.

އެމްއެންޔޫއިން ބުނިގޮތުގައި، ފޮތް މައުރަޒުގެ ބޭނުމަކީ ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ދިނުމާއި ނުކުރެވި ހުރި އައު ފޮތް ފަދަ އާލާތްތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމެވެ. އަދި ފޮތަށް އަހުލުވެރިކުރުވުމާއި ފޮތް ކިޔުމުގެ އާދަ އުފައްދާ ދެމެހެއްޓުމުގެ ޝަޢުގު އުފެއްދުން • ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެފުރުސަތު ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމެވެ.
އެމްއެންޔޫއިން ބުނީ، މި އަހަރުގެ މައުރަޒުގައި 3000 އެއްހާ ތަފާތު އުފެއްދުން ބައިވެރިކޮށްފައިވާ ކަމަށެވެ.
advertisment
ހިޔާލު