އިހަވަންދޫ ސްކޫލަށް އެރަށު ކައުންސިލުންދޭ އެހީގެ ތެރެއިން 20،000 ރުފިޔާ، ވަނަ ހޯދާ ދަރިވަރުންނަށް

އިހަވަންދޫ ސްކޫލަށް ދޭ އެހީގެ ތެރެއިން 20،000 ރުފިޔާ ވަނަ ހޯދާ ދަރިވަރުންނަށްދޭން އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ.

އިހަވަންދޫ ސްކޫލަށް މާލީ އެހީގެ ގޮތުގައި އެރަށު ކައުންސިލުން ދޭން ނިންމާފައި ވަނީ އެއްލައްކަ ރުފިޔާއެވެ. މީގެ ތެރެއިން 20،000 ރުފިޔާ، އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި އިނާމު ލިބޭ ދަރިވަރުންނަށް ޚާއްޞަ ކުރާނެއެވެ. ބާކީވާ 80،000 ރުފިޔާ ޚަރަދުކުރަން ނިންމާފައި ވަނީ، އިހަވަންދޫ ސްކޫލުން އެދޭ ކަންތައްތަކަށެވެ.

އިނާމު ލިބޭ ދަރިވަރުންނަށް 20،000 ރުފިޔާ ހަމަޖައްސައި ދިނުމަށް އިހަވަންދޫ ކައުންސިލަށް ހުށައެޅުއްވީ، އެ ކައުންސިލުގެ ނައިބު ރައީސް މޫސާ އަލީއެވެ. އޭނާގެ ހުށައެޅުން ފާސްކުރީ ކައުންސިލަރުންގެ އިއްތިފާގުންނެވެ.

އިހަވަންދޫ ސްކޫލަށް ބޭނުންވާ ކަންތައްތަކުގައި އެރަށު ކައުންސިލުގެ އެހީތެރިކަން އަބަދުމެ ލިބެމުންދާކަން އެ ސްކޫލުން ފާހަގަކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *