ވޯލްޑް ސްކޮލަރސް ކަޕްގެ ސީނިއަރ ބައިން އެއްވަނަ ބްރައިޓްވޭގެ މާޒު މުޙައްމަދު ރަޝީދަށް ލިބިއްޖެއެވެ.
މާޒު ވަނީ ޑިބޭޓުން އެއްވަނަ، ލިޔުމުގެ ބައިން 15 ވަނަ ވެސް ހޯދާފައެވެ. މާޒަށް 13 ރަން މެޑަލާއި 1ރިހި މެޑަލް ލިބިފައިވެއެވެ. މާޒުގެ ޓީމުގައި ބްރައިޓްވޭގެ އިތުރު ދެ ދަރިވަރުން ހިމެނެއެވެ. އެއީ އަލްސަން އާއި ލާއިޤެވެ. ޓީމުން ވަނީ ތިން ޓްރޮފީއާއެކު 25 ރަން މެޑަލާއި 15 ރިހިމެޑަލް ހޯދައިގެން ސީނިއާ ބައިން އެންމެ މޮޅު ދެވަނަ ޓީމުގެ މަޤާމް ހޯދާފައެވެ. މި ޓީމުން ފަސް އިވެންޓަކުން އިތުރު ވަނަތައް ހޯދާފައިވެއެވެ. އެއީ ޑިބޭޓުން އެއްވަނަ، ޓީމް ޗެލަންޖުން ދެވަނަ، ބޯލްއިން ހަ ވަނަ، ޓީމް ރައިޓީންގ 12 ވަނައެވެ. މި ޓީމުގައި ހިމެނޭ ލާއިޤަށް ހަތް ރަން މެޑަލާއި ހަ ރިހިމެޑަލް ލިބިފައިވެއެވެ. އަލްސަންއަށް ފަސް ރަން މެޑަލާއި އަށް ރިހި މެޑަލް ލިބިފައިވެއެވެ.
ވޯލްޑް ސްކޮލަރސް ކަޕްގެ ސީނިއަރ ބައިން ދެވަނަ ލިބުނީ ބްރައިޓްވޭ އަށެވެ. ސީނިއާ ބައިން އެއްވަނަ ލިބުނީ ވީއައިއެޗްއެސްއަށެވެ. ތިންވަނަ ލިބުނީ އަޙްމަދިއްޔާއަށެވެ.
ވޯލްޑް ސްކޮލަރސް ކަޕްގެ ސީނިއަރ ބައިން އެންމެ މޮޅު ދަރިވަރުގެ ގޮތުގައި މާޒު ހޮވިފައިވާއިރު، އެންމެ މޮޅު ފަސް ދަރިވަރުންގެ ތެރޭގައި ދެން ހިމެނުނީ، ދެވަނައަށް ދިޔަ ޣިޔާޘުއްދީން ސްކޫލުގެ އިންޝާ އަޙްމަދު ޝިފާޒާއި ތިންވަނައަށް ދިޔަ ވީއައިއެޗްއެސްގެ މީކާއިލް އިމްތިޔާޒާއި ހަތަރުވަނައަށް ދިޔަ ވީއައިއެޗްއެސްގެ ޒޭބޭ އަޙްމަދު ޞަބާހުއާއި ފަސްވަނައަށް ދިޔަ ވީއައިއެޗްއެސްގެ އަޙްމަދު އަޔާން ޔަޒީދެވެ.
ޖޫނިއާ ބައިން އެއްވަނަ ހޯދީ ބިލަބޮންގެވެ. ދެވަނަ އަޙްމަދިއްޔާއިން ހޯދިއިރު ތިންވަނަ ހޯދީ ފިންލެންޑް ސްކޫލުންނެވެ.
ގްލޯބަލް ރައުންޑަށްދާނެ ދަރިވަރުން ކަނޑައެޅުމަށް ކުރިއަށް ގެންދާ މި ރައުންޑްގައި ރާއްޖޭގެ ހަ ސްކޫލަކުން 710 ދަރިވަރުން ބައިވެރިވެއެވެ. 2017 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މި މުބާރާތް ކުރިއަށް ގެންދާއިރު އެންމެ ގިނަ ދަރިވަރުން މި މުބާރާތުގައި ވާދަކުރަނީ މި އަހަރުއެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ދެ ކެޓަގަރީއަކަށެވެ. އެއީ ޖޫނިއާ ކެޓަގަރީއާއި ސީނިއާ ގެޓަގަރީއެވެ. ޖޫނިއާ ކެޓަގަރީގައި 448 ދަރިވަރުން ވާދަކުރެއެވެ. ސީނިއާ ކެޓަގަރީގައި ވާދަކުރަނީ 267 ދަރިވަރުންނެވެ.
ހަތަރު ދުވަހުގެ މުއްދަތައް ޣިޔާޘުއްދީން ސްކޫލުގެ ހޯލުގައި ކުރިއަށް ގެންދާ ރާއްޖެ ރީޖަނަލް ރައުންޑްގައި ބައިވެރިވީ:
- އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
- ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް
- ފިންލޭންޑް އިންޓަރނޭޝާނަލް ސްކޫލް
- ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް
- ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް
- ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް
ޑަބްލިޔުއެސްސީގައި ކުރިއަށް ގެންދާ ހަރަކާތުގެ ސަބަބުން ކްރިޓިކަލް ތިންކިންގ، ޕަބްލިކް ސްޕީކިންގ އާއި ޓީމް ކޯލަބަރޭޝަން ފަދަ ހުނަރުތައް ދަސްކޮށްދިނުމުގެ ތަފާތު ފުރުޞަތުތަކެއް ދަރިވަރުންނަށް ލިބިގެންދެއެވެ. އެކަމުގެ ސަބަބުން އެކުދިންގެ ޚިޔާލުތައް ހަރުދަނާގޮތެއްގައި ހުށައެޅުމުގައި އިތުބާރު އަދި ޔަގީންކަން ލިބިގެން ދިޔައެވެ.
އެމެރިކާގެ ޔެލް ޔުނިވަރސިޓީން ކުރިއަށް ގެންދާ ޑަބްލިޔުއެސްސީގެ ރާއްޖެ ރީޖަނަލް ރައުންޑް އިންތިޒާމްކުރަނީ ޣިޔާޘުއްދީން ސްކޫލުންނެވެ.
advertisment
ހިޔާލު