އަހަރު ދުވަހަށް ދެމިގެންދާގޮތަށް "ބިންގާ"ގެ ނަމުގައި ތަރުބަވީ ޚާއްސަ ޕްރޮގްރާމް ސްކޫލު ތަކުގައި ސްކޫލްތަކުން ފަށައިފިއެވެ.
ކޮންމެ މަހަކަށް ވަކި ޝިޔާރެއް ކަނޑައަޅައިގެން ކުރިއަށް ގެންދާއިރު، ފެބުރުވަރީ މަހަށް ކަނޑައަޅާފައިވަނީ ޝުކުރުކުރުމެވެ.
މި ޕްރޮގްރާމް ފެށި ސްކޫލުތަކުގައި ޝުކުރުވެރިވުމާ ގުޅޭ ޚާއްޞަ އެސަމްބްލީއެއް ވަނީ ބާއްވާފައެވެ.

ތަރުބަވީ ޚާއްސަ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ސާކިއުލާއެއް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
"ބިންގާ" އަކީ ރިވެތި ސިފަތަކާއި، އާދަތަކަށް ދަރިވަރުން އަހުލުވެރިކުރުވުމުގެ މާތް މަގުސަދުގައި ސްކޫލާއި ބެލެނިވެރިންނާއި މުޅި މުޖުތަމަޢުގެ ބައިވެރިވުމާއެކު ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ ޕްރޮގްރާމެކެވެ.
މި ސާކިއުލާގައި މިނިސްޓަރު އެދިވަޑައިގެންފައި ވަނީ އެ ސްކޫލަކުން ކުރަންޖެހޭ ކަންތައްތައް އެ ސްކޫލަކުން ކުރިއަށް ގެންދިޔުމަށެވެ.
ކޮންމެ މަހެއް ފެށުމުގެ ކުރިން އެމަހަކަށް، ކަނޑައަޅާފައިވާ ތީމް، ސްކޫތަކަށް އެޑިޔުކޭޝަން މިނިސްޓްރީން އަންގާނެއެވެ.

ބިންގާ ޕްރޮގްރާމް ވިލަރެސްކުރުމަށް ހާއްސަ، ކޮމިޓީއެއް އެޑިޔުކޭޝަން މިނިސްޓްރީން ވާނީ އެކުލަވާލާފައެވެ. ކޮންމެ މަހަކަށް ހާއްސަ ތީމް ކަނޑައެޅުމާއި ކަނޑައެޅި ތީމްއާއި، އެތީމްއާއި ގުޅޭގޮތުން ކުރިއަށް ގެންދާނޭ ހަރަކާތްތައް ސްކޫލުތަކާއި ހިއްސާކުރުމާއި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް އެހީތެރިވުމާއި ޕްރޮގްރާމް ކުރިއަށްދާގޮތް ވަޒަންކުރުމުގެ ޒިންމާ ސްކޫލުތަކާއި ގުޅިގެން އަދާކުރާނީ އެ ކޮމިޓީންނެވެ. ޕްރޮގްރާމްގެ ތެރެއިން ދަރިވަރުން ދީނީ ވާޖިބުތަކާއި، އަޚްލާޤީ ރިވެތި ސިފަތަކާއި އާދަތަކަށް އަހުލުވެރިކުރުވުމަށް، އަމާޒުކޮށް ކޮންމެ ސްކޫލަކުންވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ. އެގޮތުން، އިޙްތިރާމުކުރުމާއި ޒިންމާނެގުމާއި ސާފުތާހިރުކަމާއި، އަޅާލުމާއި، އޯގާތެރިކަން އިސްކުރުންފަދަ، ރިވެތި ސިފަތަކާއި އާދަތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުން ހިމެނެއެވެ.
ރިވެތި ހުރިހާ ސިފަތަކާއި އާދަތަކެއް ޝާމިލުވާ، އިސްލާމްދީނުގައި، ޙާއްޞަ އިސްކަމެއް ދީފައިވާ އަޅުކަމަކީ، ނަމާދަށް ވީހިނދު، ފަރުޝު ފަސްނަމާދަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި އުފައްދާ،، ދަރިވަރުންނަކީ، ފަރުޝު ފަސްނަމާދު އަދާކުރާ ބަޔަކަށް ހެދުމަށް މި ޕްރޮގްރާމްގެ ތެރެއިން ޚާއްޞަ މަސައްކަތްތަކެއް ކުރަންވާނެ ކަމަށް މި ޕްރޮގްރާމު ކުރިއަށް ގެންދަން އެކުލަވާލައި ސްކޫލްތްކަށް ފޮނުވި އުޞޫލުގައި ބަޔާންކޮށްފައިއެވެ.
ބިންގާ ޕްރޮގްރާމް ސްކޫލުތަކުގައި ކުރިއަށް ގެންދިއުމުގެ އެންމެ، އިސްދައުރެއް، އަދާކުރާނީ އެސްކޫލެއްގެ ޕްރިންސިޕަލް ނުވަތަ އެވަގުތެއްގައި އެ ސްކޫލެއް. ހިންގުމާއި ހަވާލުވެ ހުންނަވާ އެންމެ އިސްފަރާތެކެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ސްކޫލުތަކުގައި ހިންގުމަށް، މުޅި ސްކޫލާއި ސްކޫލު ޝާމިލުވާ މުޖުތަމަޢުގެ ބައިވެރިވުން ކަށަވަރުކޮށް، އެމަހެއްގެ ތީމްއަކާއި ގުޅޭގޮތުން ސްކޫލުތަކުގައި ކުރިއަށް ގެންދާނޭ ހަރަކާތްތައް ކަނޑައަޅާނީ، އެސްކޫލެއްގެ ސީނިއަރ މެނޭޖްމަންޓުގެ ޓީމަކުންނެވެ.

ސްކޫލުން ރާވާ ހަރަކާތްތަކުގެ އިތުރުން ކޮންމެ މަހަކަށް ކަނޑައަޅ ތީމްއާއި އެތީމްއާއި، "ގުޅުންހުރި މެސެޖުތައް ސްކޫލުގެ ގޯތިތެރެއިން" ފެންނަގޮތަށް ޑިސްޕްލޭކުރުމާއި ކޮންމެ މަހަކަށް ކަނޑައަޅާ ތީމް ތައާރަފް ކުރުމަށް "ސްކޫލުތަކުގައި ކޮންމެ މަހަކު ޙާއްޞަ އެސެމްބްލީއެއް ބާއްވައި އެ ސެމްބްލީ ތަކުގައި ތީމްއާއި، ގުޅޭ ގޮތުން، ވާހަކަދެއްކުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދިނުމާއި ރަށުފެންވަރުގެ ޕެނަލްޑިސްކަޝަންއެއް ނުވަތަ ކޮމިއުނިޓީ ބައިވެރިކޮށްގެން ބާއްވާ އެފަދަ ބޮޑުހަރަކާތެއް ކުރިއަށް، ގެންދަން ބުނެފައިވެއެވެ.
ކޮންމެ މަހެއްގެ ތީމްއަކާއި ގުޅޭ ގޮތުން، ގޭތެރޭގައާއި މުޖުތަމަޢުގައި އުޅޭއިރު ކުރެވޭނެ ކަންތައްތައް ބެލެނިވެރިންނާއި އަރިވަރުންނަށް އަންގައިދިނުމާއި ކޮންމެ މަހަކަށް ކަނޑައަޅާ ތީމްއާއި ގުޅޭ ގޮތުން ސްކޫލުން ހިންގާ ހަރަކާތްތައް އެސްކޫލެއްގެ މީސްމީޑިއާ އާ މަންސަ ތަކުގައި ހިއްސާ ކުރަމުން ގެންދަން އިރުޝާދު ދީފައިވެއެވެ.


advertisment
ހިޔާލު