އެމްއެންޔޫގައި މާސްޓާސްއާއި ޕީއެޗްޑީއަށް ކިޔަވާ 4 ދަރިވަރުންނަށް ހަނޑަހާ ރިސޯޓްގައި ރިސަރޗް ހެދުމުގެ ފުރުޞަތު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގައި ކަނޑާއި ތިމާވެށީގެ ދާއިރާއިން މާސްޓާސްއާއި ޕީއެޗްޑީއަށް ކިޔަވާ 4 ދަރިވަރަކަށް ރިސަރޗް ހެދުމުގެ ފުރުޞަތު ޑްރިފްޓްވުޑުން ދޭން ނިންމައިފިއެވެ.

މިއަދު ވަނީ މިކަމުގެ އެއްބަސްވުމުގައި ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އެއްގައި އެމްއެންޔޫއިން ސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގައި ޑްރިފްޓްވުޑް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަސަދު ޢަލީއެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސަލަރު ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ.

މި ސްޓްރެޓީޖިކް ޕާޓްނަރޝިޕްގެ މައިގަނޑު މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ކުރީ ސަފުގައި އޮތް ރާއްޖޭގައި ރިސާރޗް ކެޕޭސިޓީ އިތުރުކޮށް، ޕްރެކްޓިކަލް ޓްރެއިނިންގ ފުރުސަތުތައް ފަހިކޮށްދިނުމާއި، ޑޭޓާ ޑްރައިވިން ކްލައިމެޓް ރިސަރޗްތަކަށް އެހީތެރިވުމެވެ. މި އެއްބަސްވުމުގެ ދަށުން އެމްއެންޔޫގެ މާސްޓާސް އަދި ޕީއެޗްޑީ ކިޔަވާ ދަރިވަރުންނަށް  ބޭނުންވާ ރިސާޗް ފެސިލިޓީސްތަކާއި، ޓޫލްސް އަދި އިކުއިޕްމަންޓްތައް ލިބޭނެ މަގު ފަހިވެގެންދާނެއެވެ.

ދަރިވަރުންގެ ރިސާޗް ސްކިލްސް އިތުރުކުރުމަކީ އެމްއެންޔޫ އިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. އެ ޔުނިވަސިޓީން ދަނީ އަމިއްލަ އަދި ބައިނަލްއަގުވާމީ ރިސާޗް އިންސްޓިޓިއުޓްތަކާއި ތިމާވެށި ހިމާޔަތް ކުރާ ޖަމިއްޔާތަކާއި ރިސޯޓް ބޭސްޑް މެރިން ލެބޯޓްރީތަކާ އެކު ޕާޓްނަރޝިޕް ގާއިމް ކުރަމުންނެވެ. މި ކޮލަބްރޭޝަންތަކުގެ ސަބަބުން ބޭސިކް ލެބް މަސައްކަތުން ފެށިގެން ބައިނަލްއަގުވާމީ ޔުނިވާސިޓީތަކާއި ތަޖުރިބާކާރުންނާ ގުޅިގެން ހިންގާ މެރިން އަދި ރީފް އިކޯސިސްޓަމްގެ އެޑްވާންސް ސްޓަޑީޒްތަކާ ހަމައަށް ތަފާތު ރިސާޗް ސެޓިންގްސްތަކުގައި ޕްރެކްޓިކަލް ތަޖުރިބާ ދަރިވަރުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން މޯލްޑިވްސް ރެސިލިއަންޓް ރީފްސް، ރީފްސްކޭޕާސް އަދި އޮލިވް ރިޑްލީ ޕްރޮޖެކްޓް ފަދަ ތިމާވެށީގެ ޖަމިއްޔާތަކާ ވެސް އެމްއެންޔޫ އިން ދަނީ ގުޅުން ބަދަހިކުރަމުންނެވެ. މި އެމްއޯޔޫގެ ދަށުން ދަރިވަރުންނަށް ސްޓްރަކްޗަރޑް ރިސާރޗް ޕްލޭސްމަންޓްތަކާއި، ހޭންޑް އޮން ޓްރެއިނިންގ ފުރުސަތުތަކާއި، ޕްރޮފެޝަނަލް ލެބޯޓްރީ މާހައުލުގެ ފުރުޞަތު ލިބިގެންދާނެއެވެ. މި ޕާޓްނަރޝިޕްގެ ސަބަބުން ހަޔަޓް ބްރޭންޑްގެ ދަށުން ހިންގާ ގިނަ ރިސޯޓްތަކުގައި ދަރިވަރުންނަށް ބައިވެރިވެވޭނެ އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *