13 އަހަރުގެ އަރީން މިފަހަރު ނެރުނު ފޮތަކީ ތިނެއް ނޮވެމްބަރުގައި އޭނާގެ ކާފަގެ ތަޖުރިބާ

13 އަހަރުގެ އަރީން ރިފާޤް ރަޝީދު މިފަހަރު ނެރުނީ ތިނެއް ނޮވެމްބަރުގައި އޭނާގެ ކާފަ ލާންސް ކޯޕްރަލް މުޙައްމަދު ރަޝީދު އާދަމް (މޭލޭ)ގެ ތަޖުރިބާގެ މައްޗަށް ލިޔެފައިވާ ފޮތެކެވެ.
24 ސަފްހާގެ މައްޗަށް އެކުލެވިފައިވާ މި ފޮތުގެ ނަން ނިސްބަތް ޚާއްޞަކޮށްފައި ވަނީ ސިފައިންގެ ގައި ކާފައަށް ދީފައިވާ ސާވިސް ނަމްބަރަށް ނިސްބަތްކޮށް "ތިނެއް ފަންސާސް"ގެ ނަމުގައެވެ.


ރަޝީދަކީ، ރާއްޖެއަށް 3 ނޮވެމްބަރު 1988 ގައި ކުރިމަތިވި އުދުވާނީ ހަމަލާގައި މާލެތެރޭގެ ޚަބަރުތައް ބަލަން ސިފައިންގެ ގޭޓުން ނުކުންނަން އެމެޖެންސީ ވޭން ގައި ފުރަތަމަ ނުކުތުމަށް މަސައްކަތް ކުރި ރެކީ ޕާޓީގައި އިސްނެގި ހިތްވަރުގަދަ އެއް ބޭކަލެކެވެ. އެ ވޭން ސިފައިންގެ މައިމަރުކަޒުން ނުކުތުމަށް ދުޝްމަނުންގެ އުންޑަފައް އަރަމުން ދިޔަ މައި ދޮރާށި ހުޅުވަން ފޭބި ދެ ސިފައިންގެ ތެރޭގައި ވެސް ހިމެނޭ ބޭފުޅެކެވެ. ވަޒަން އެރުމުގެ ސަބަބުން ދޮރު ތާށިވެފައި ހުރުމުން އެކަން ނާކާމިޔާބު ވިއެވެ. މިފޮތުގައި ކާފައާއި ކާފަގެ އެކުވެރި އެހެން ސިފައިންގެ ހިއްވަރާއި ސާބިތު ކަމުގެ ވާހާކަ އަރީން ލިޔެފައިވެއެވެ.

މިދިޔަ އަހަރު ބޭއްވި ތިނެއް ނޮވެމްބަރުގެ ފޮޓޯ މައުރަޒުން އަރީންއަށް އޭނާގެ ކާފަ ފޮޓޯއެއް ފެނުނެވެ. އެ ހިސާބުން ކާފަގެ ފަރާތުން ތިނެއް ނޮވެމްބަރުގެ ވާހަކަތައް އަރީން ހޯދިއެވެ. ތިނެއް ނޮވެމްބަރުގައި ކާފަ ކުރި ތަޖުރިބާތަކުގެ މައްޗަށް އަރީން ފުރަތަމަ ހެދީ ޅެމެކެވެ. ފަހުން ޚިޔާލު ބަދަލުވެ ގިނަ ދުވަހަށް ދެމިހެންދާނެ ހަނދާނެއްގެ ގޮތުގައި ފޮތެއް ލިޔަން ނިންމީއެވެ.

"ކޮންމެ ނަސްރުގެ ދުވަހެއްގެ ހަނދާންތައް އާކުރަމުންދަނީ، ކާފައާއި ހުޝިއާރު ސިފައިން މި ލޮބުވެތި ވަޠަންގެ ދިފާއުގައި ކުރި ހިތްވަރުގަދަ ޖިހާދުގެ މަތިންނެވެ." ޣާޒީ ސްކޫލުން ކިޔަވަމުން އަންނަ އަރީން ލިޔެފައިވެއެވެ.
އަރީންގެ ފޮތް މިހާރު ގަންނަން ލިބޭނެއެވެ.

މި ޖީލުގެ ކުޑަކުދިންގެ ހިތްތަކުގައި ނަސްރުގެ ދުވަހުގެ ހަންދާންތައް ދިރުވުމުގެ އުއްމީދުގައި ލިޔެފައިވާ މިފޮތް މިހާރު ގަންނަން ލިބޭނެއެވެ.

އަރީން ވަނީ މީގެ ކުރިން " ވިޝް" އާއި "ސާރު" އަދި ޓޮމް ގޯސް ޓު ދަ މެރިއާނާ ޓްރެންޗް" ގެ ނަމުގައި ފޮތް ލިޔެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *