ށ.އަތޮޅު މަދަރުސާގެ 2025 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް އައްޔާސް އަލީ ޝާތިރު ވަނީ ހޮވިފައެވެ.
ށ،އަތޮޅު މަދަރުސާގެ ހޯލުގައި ކުރިއަށް ދިޔަ މިޖަލްސާގެ ޝަރަފުވެރި މެހްމާނަކީ ހުޅުދުއްފާރު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ފަޔާޒުއެވެ.
މިހާރު ސީ.އެޗް.އެސް.ސީގެ 11 ގައި ތައުލީމު ހާޞިލްކުރަމުންދާ އައްޔާސް އަލީ ޝާތިރަކީ 2025 ވަނަ އަހަރުގެ ސްކޫލްގެ ކެޕްޓަން ކޮށްފައިވާ ދަރިވަރެވެ. އައްޔާސް ވަނީ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިހާނުގައި 7 މާއްދާއިން އޭ ސްޓާރ އަދި އެއް މާއްދާއިން އޭ ހޯމުގެ އިތުރުން އައްޔާސް ވަނީ އިކޮނޮމިކްސް އަދި ބިޒުނަސް ސްޓަޑީޒުން ރާއްޖެއިން 1 ވަނަ ހާޞިލްކޮށް އިގިރޭށިން ދުނިޔޭން އެންމެ މަތީ މާކުސް ލިބުނު ދަރިވަރުންގެ ތެރޭގަވެސް ހިމެނިފައެވެ.

މީގެ އިތުރުން އައްޔާސްވަނި ޤުރުއާން،އިސްލާމް،އިނގިރޭސި، ހިސާބު، އެކައުންޓް،އިކޮނޮމިކްސް އަދި ބިޒުނަސް ސްޓަޑިޒުއިން ސަބްޖެކްޓް ޕްރައިޒު ހޯދުމުގެ އިތުރުން ، އޮނަލިސްޓެޑް އެވޯޑާއި،ކުލާސް ޕްރައިޒު އަދި ހަޔަރ ޑިސްޓިންގޝަން އެވޯޑްވެސް ހާޞިލްކޮށްފައެވެ.

އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަމުން އައްޔާސްވަނީ ވަރަށް މުހިއްމު މެސެޖެއް އެހެން ކިޔަވާކުދިންނަށް ދީފައެވެ. އެމެސެޖުގައި އޭނާ ބުނެފައިވަނީ " އުނގެނުމަކީ ވަކި ކުއްޖަކައް ލިބިފައިވާ ހުނަރަކުން އެކަނި ވާކަމެއް ނޫން. ބައެއް ކުދިންނަށް ފަސޭހައިން ކަމެއް ނަގައިގަނެވުނަސް، އަނެއްބާ ކުދިން އެކަމެއް ދަސްކުރަން ދެގުނަ މަސެއްކަތް ބޭނުންވެދާނެ. އެހެންނަމަވެސް، ކޮންމެ ދަރިވަރަކަށްވެސް ކަންކަމާމެދު ޝައުގުވެރިވެ، ދިރާސާކޮއް ދަސްކުރުމުގެ ތަބިޢީ
ގާބިލްކަން ލިބިފައިވޭ. މުދައްރިސަކު ކިޔާދިނުމުން، ނުވަތަ ފޮތެއްގައި އެކަމެއް އެހެން ބަޔާންކޮށްފައިވާތީ ގަބޫލުކުރުމުގެ ބަދަލުގައި، ސުވާލުކޮއްގެންވިޔަސް، ދިރާސާކޮއްގެންވިޔަސް، އެކަމުގެ ހަގީގަތް އޮޅުންފިލުވާނެ " އަދި މީގެ އިތުރުން އޭނާވީ ކިއުރިއޮސިޓީ އަކީ އިލްމުގެ ފެށުން ކަމުގައި ފަހަކޮށްދީފައެވެ. އަދި މިއަދުވެސް ދުނިޔެވީ ކުރިއެރުމަށް އެންމެ މުހިންމު ސިފައަކީވެސް ިއުރިއޮސިޓީ ކަން ދަރިވަރުންނަށް އޭނާވީ ހަނދާންކޮށްދީފައެވެ. މި މޭރުމުން އޭނާ ދެއްކި ވާހަކައިގައި އިލްމު ހާސިލްކުރުމަށް،މި ސިފަ އަށަގަންނުވައި، އެކަމައް ގަދައަޅާ 'ޑިސިޕްލިން' އާއެކު މަސެއްކަތްކުރުމަށް ހުރިހާ ކުދިންނަށް އައްޔާސްވަނީ ނަސޭހަތްތެރި ވެފައެވެ.
advertisment
ހިޔާލު