އިސްލާމިކް ޓޫރިޒަމާއި ދެމެހެއްޓެނެވި އިޤްތިޞާދާ ބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސް (އައިސީއައިޓީއީއެސް) ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް)ގައި ފަށައިފިއެވެ. މި ކޮންފަރެންސް އެ ޔުނިވަރސިޓީން ކުރިއަށް ގެންދަނީ ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިއާ (ޔޫއެސްއައިއެމް) ގުޅިގެންނެވެ.

މި އަދު ހެނދުނު މި ކޮންފަރެންސް ފައްޓަވައިދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރު ޑރ އަބްދުﷲ ނިޔާޒެވެ.

މި ކޮންފަރެންސް ތިން ދުވަހަށް ދެމިގެންދާނެއެވެ.
މި ކޮންފަރެންސްގައި ސްޕީކަރސް ސެޝަންގައި މެލޭޝިޔާގެ އިސްލާމިކް ސައިންސް ޔުނިވަރސިޓީގެ ތިން ބޭފުޅަކު ތަޤުރީރު ކުރައްވާނެއެވެ.
ޑިޖިޓަލް ޒަމާނުގައި އިޖްތިމާއީ، އިގުތިސޯދީ އަދި އިސްލާމިކް ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި މެލޭޝިއާގެ ސްޓިންގްލެސް ބީ ޕްރޮޖެކްޓްގެ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމުގެ ތަޖުރިބާގެ މައްޗަށް މިއަދު ހެނދުގެ ދަންފަޅީގައި ޔޫއެސްއައިއެމްގެ ފަރާތުން ޑރ. ނޫރުލް ނާދިރާ އަބޫ ހަސަން ތަޤުރީރު ކުރެއްވިއެވެ. މެންދުރު ދަންފަޅީފައި ޑރ. ނުރުލް ހިދާޔާ އަބްދުއް ރަހުމާން ތަޤްރީރު ކުރެއްވީ މަލްޓިސެންސަރީ އެޕްރޯޗްތަކުން މެލޭޝިއާގެ ޘަޤާފީ ތަރިކަ ބޭނުން ކޮށްގެން ބްރޭންޑެއްގެ ގޮތުގައި ޓޫރިޒަމް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުންނެވެ.
މި ކޮންފަރެންސްގެ ތެރެއިން ޔޫއެސްއައިއެމްގެ ދަރިވަރުންނާއި އައިޔޫއެމްގެ ދަރިވަރުން ގުޅިގެން ވޯކްޝޮޕެއް ކުރިއަށް ގެންދިޔައެވެ.
advertisment
ހިޔާލު