ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް އުފެދިފައިވާ ގޮތާ ބެހޭ ފޮތެއް އެމްއެންޔޫއިން ނެރެފި

ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް އުފެދިފައިވާ ގޮތާ ބެހޭ ފޮތެއް އެމްއެންޔޫއިން ނެރެފިއެވެ.

މިފޮތް ނެރެދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް އެވެ.

"އެމްއެންޔޫ ބުކް ރައިޓިންގ ގްރާންޓްގެ އެހީގައި "އެޓޯލް އެންޑް އައިލޭންޑް ފޯމޭޝަން އިން ދަ މޯލްޑިވިސް"ގެ ނަމުގައި މި ފޮތް ލިޔުއްވީ މުހައްމަދު ދީދީ އާއި ޑރ އެންޑްރޭ ޑްރޮކްސްލަރ އާއި ޑރ އާމިނަތު ޝިޔާމާގެ އިތުރުން ޑރ ފާތިމަތު ޝަފީގާ އެވެ.

މިފޮތް ތައްޔާރުކޮށްފައިވަނީ ސްކޫލްތަކުގައި ޓީޗަރުންނާއި ދަރިވަރުންނަށް ވެސް ބޭނުންކުރެވޭގޮތަށް އުނގަންނައި ދިނުމުގައި ބޭނުންކުރާނޭ ވާރކްޝީޓްތަކާއި ތަމްރީންތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ރަށްރަށާއި އަތޮޅުތައް އުފެދިފައިވާ ގޮތާ ބެހޭގޮތުން ސައިންޓިފިކް މަޢުލޫމާތު ހިމަނައިގެންނެވެ. މިފޮތެ ރާއްޖޭގެ ސްކޫލްތަކުގައި ބޭނުންކުރެވޭ ފެންވަރަށް ތައްޔާރުކުރުމަށްޓަކައި އަދ ޤައުމީ މަންހަޖާއި ގުޅުވުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ފަންނީ މުވައްޒަފުންނާއި ސްކޫލްތަކުގައި ސޯޝަލް ސްޓަޑީޒް ކިޔަވައިދެއްވާ ބައެއް މުދައްރިސުންގެ އެހީތެރިކަން ހޯދާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *