ކަލާފާނު ސްކޫލުން އެއްވަނަ ޒާއިން އަށް، ދެވަނަ ނާމިކް އަށް، ތިންވަނަ އައިހަމް އަށް

ފާއިތުވި ދިރާސީ އަހަރު ކަލާފާނު ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އަލީ ޒާއިން އަޙްމަދެވެ. ދެވަނަ ލިބުނީ ޔޫސުފު ނާމިކް އަލީ ނަޞީރަށެވެ. ތިންވަނަ ލިބުނީ އަޙްމަދު އައިހަމް އިބްރާހިމަށެވެ.

ކަލާފާނު ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ގެދޮރުވެރިކަމާއި ބިމާއި  އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.

އެވަނަ ލިބުނު ޒާއިން ވަނީ، ސާނަވީ ނިންމާ އިމްތިޙާނުތަކުން އަށް މާއްދާއިން އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ. އަދި ސެކަންޑް ލެންގުއޭޖުގެ ގޮތުގައި އިނގިރޭސި މާއްދާ އަދި ބިޒްނަސްއިން މުޅި ދުނިޔެއިން އެއްވަނަ ހޯދާފައެވެ. ފާއިތުވި އަހަރު ކަލާފާނު ސްކޫލުގެ ކެޕްޓަނަކީ ވެސް އޭނާއެވެ.

ޒާއިން: އިތުރު ހަރަކާތުގައި ބައިވެރިވުމަކީ ކިޔެވުމަށް އޮތް ހުރަހެއް ނޫން

ދެވަނަ ލިބުނު ނާމިކް އަށް ސާނަވީ ނިންމާ އިމްތިޙާނުތަކުން ލިބުނީ ޤައުމީ ގަދަ ދިހައެއްގެ ދެވަނައެވެ. ތިންވަނަ އަށް ދިޔަ އައިހަމްއަށް ސާނަވީ ނިންމާ އިމްތިޙާނުތަކުން ލިބުނީ ޤައުމީ ގަދަ ދިހައެއްގެ ތިން ވަނައެވެ.

ކަލާފާނު ސްކޫލްގެ ނަތީޖާތަކަށް ބަލާއިރު، 2023-2024 ވަނަ އަހަރު އެ ސްކޫލްގެ ހުރިހާ ގްރޭޑެއްގައި ވެސް 80 އިންސައްތައިން މަތީގެ ޕާސް ޕަސެންޓޭޖެއް ހިފަހައްޓާފައިވެއެވެ. އަދި ގްރޭޑް ދިހައެއް ނިންމައި، ސާނަވީ އިމްތިހާނުތައް ހެދި 83 ދަރިވަރުންގެ ތެރެއިން 5 މާއްދާއިން ފާސްވި ދަރިވަރުންގެ އިންސައްތަ 70 ށް އަރާފައިވެއެވެ. މި ދަރިވަރުންގެ ތެރެއިން 29 ދަރިވަރަކު ޤައުމީ ފެންވަރުގެ އެންމެ މޮޅު 10 ދަރިވަރިންގެ ތެރޭގައި ހިމެނިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *