އެމްއެންޔޫގެ ޑރ. މުރުސަލީން ޕާކިސްތާނުގައި އޮތް ގުރުއާން ކޮންފަރެންސްގެ ކީނޯޓު ސްޕީކަރަކަށް

ދިވެހި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޕްރޮފެސަރު ޑރ. މުޙައްމަދު މުރުސަލީން ޕާކިސްތާނުގައި އޮތް ބައިނަލްއަގުވާމީ ގުރުއާނިކް ކޮންފަރެންސަކާއި ސެމިނާއެއްގައި އެޔުނިވާސިޓީ ތަމްސީލުކޮށްދެއްވައިފިއެވެ.

މި ކޮންފަރެންސް އޮތީ މިދިޔަ މަހުގެ 29އިން 30ގެ ނިޔަލަށެވެ. ޕްރޮފެސަރު މުރުސަލީން ވަނީ ފުރަތަމަ ބައިނަލްއަގުވާމީ ގުރުއާން ކޮންފަރެންސްގައި ކީނޯޓު ސްޕީކަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައެވެ. ޕްރޮފެސަރު މުރުސަލީނަށް ދައުވަތުދެއްވީ، ބަހާވަލްޕޫރްގައި ހުންނަ އިސްލާމިކް ޔުނިވާސިޓީގެ ގުރުއާނިކް ސްޓަޑީސް ޑިޕާޓްމަންޓުގެ ޗެއާމަން ޑރ. ޒިއާއުއްރަޙްމާނެވެ.

ޕްރޮފެސަރު މުރުސަލީންގެ ކީނޯޓު ސްޕީޗް ބިނާކުރެއްވީ، "މި ޒަމާނުގައި ޤުރުއާނުގެ ފިކުރީ ގޮތުން ވިސްނުން" ގެ މައްޗަށެވެ.

ޕްރޮފެސަރު މުރުސަލީން ވަނީ، ބަހާއުއްދީން ޒަކަރިއްޔާ ޔުނިވާސިޓީގެ އިންސްޓިޓިއުޓް އޮފް އިސްލާމިކް ސްޓަޑިސްއިން އިންތިޒާމު ކުރި ބައިނަލްއަގުވާމީ ސެމިނާއެއްގެ ޗީފް ގެސްޓެއްގެ ގޮތުން ބައިވެރިވެ، "އިސްލާމީ ފިކުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އޭގެ ހައްލު"ގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.

މިފަދަ ހަރަކާތްތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އެ ޔުނިވާސިޓީ ތަމްސީލުކުރުމުގެ ފުރުޞަތު ލިބި ސަރަޙައްދު ޤައުމުތަކުގެ ޢިލްމުވެރިންނާއި މުއައްސަސާތަކާއެކު ޘަޤާފީ ގޮތުން ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެން ދިޔަ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *