ކުޑަކުދިންގެ ދުވަހު މާލޭ ސިޓީ ކައުންސިލުން ގަލޮޅު ސްކޫލަށް ހަދިޔާކުރީ ލައިބްރަރީއެއް

ކުޑަކުދިންގެ ދުވަހު މާލޭ ސިޓީ ކައުންސިލުގެ އިސްނެގުމާއެކު ގަލޮޅު ސްކޫލުގައި ތަރައްޤީކުރި ލައިބްރަރީ ހުޅުވައިފިއެވެ. މި ލައިބްރަރީ ހުޅުވައިވެއްދީ މާލޭ ސިޓީ މޭޔަރު އާދަމް އާޒިމެވެ.

މި ލައިބްރީ ތަރައްޤީ ކުރުމުގައި ދިރާގާއި ނޮވެލްޓީ ބުކްޝޮޕުގެ އެހީތެރިކަން މާލޭ ސިޓީ ކައުންސިލަށް ވަނީ ލިބިފައެވެ.

"ޓައިނީ ޓޭލްސް"ގެ ނަމުގައި ހުޅުވި ލައިބްރަރީގައި އޯޑިއޯވިޒުއަލް ރޫމަކާއި ކުދިންނަށް ކިޔަން ތިބެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ.

ގަލޮޅު ސްކޫލުން ބުނީ، އެ ސްކޫލުން ކިޔަވާ ތުއްތު ކުދިންނަށް، މުއްސަނދި އަދި ހިތްގައިމު މާހައުލެއްގައި ފޮތް ކިޔުމާއި އުނގެނުމާއި ލިޔުންތެރިކަމަށް ލޯބި އުފެއްދުމުގައި އެ ލައިބްރަރީ މުހިންމު ދައުރެއް އަދާކުރާނެ ކަަމަށެވެ. އެފަދަ ލައިބްރަރީއެއް ހަދިޔާ ކުރި ކަަމަށްޓަކައި، މާލޭ ސިޓީ ކައުންސިލާއި އަދި އެކައުންސިލުން އެ މަސައްކަތުގައި ކޯޓިނޭޓް ކުރެއްވި ނަޒްރާ ނަސީމަށާއި ދިރާގާއި ނޮވެލްޓީ ބުކްޝޮޕުން ވެދިން ދީލަތި އެހީތެރިކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލުން އެ ސްކޫލުގެ ތަރައްޤީއަށް ބޮޑު އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަން ވެސް އެ ސްކޫލުން ފާހަގަކުރިއެވެ.

ޔޫކޭޖީއާ ހަމައަށް ކިޔަވައިދޭ ގަލޮޅު ސްކޫލުގައި 450 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *