ޤުރުއާނާ ބެހޭ މަރުކަޒުގެ ހިފްޒު ކްލާސްތަކަށް ވަންނަން ހުޅުވާލި 200 ފުރުޞަތަށް 600 ދަރިވަރުން ކުރިމަތިލައިފި

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ހިފްޒު ކްލާސްތަކަށް ވަނުމަށް ހުޅުވާލި ފުރުޞަތަށް 600 ގިނަ ދަރިވަރުން ކުރިމަތިލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ޖާގަ ހުރި ގޮތުން ފުރުޞަތު ދެވޭނީ  200 ކުދިނަށް ކަމަށާއި ދަރިވަރުން އިޚުތިޔާރު ކުރެވިގެންދާނީ އެންމެ މޮޅު ދަރިވަރުންނަށް ކަމަށެވެ.

ޙިފުޡު ކުލާސްތައްކުގެ ޖާގަތައް ކަނޑައަޅާފައިވާ ގޮތް ވެސް އެ މަރުކަޒުން މީގެ ކުރިން އިއުލާނުގައި ކަނޑައަޅާފައިވެއެވެ. މާލޭގައި ހުންނަ އެ މަރުން ހެނދުނާއި ހަވީރު ކުރިއަށް ގެންދާ ކުލާސްތަކުން 100 ދަރިވަރުންނަށް ފުރުޞަތު ދޭނެއެވެ. އެއީ ކޮންމެ ދަންފަޅިއަކަށް 50 ކުދިންގެ މަގުންނެވެ. ހުޅުމާލެ ފޭސް 1 ގައި ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ އައުޓްރީޗް ސެންޓަރުން ތިން ގަޑިއެއްގައި ޙިފްޠު ކުލާސްތައް ގެންދާނެއެވެ. އެއީ ހެނދުނު ދަންފަޅިން ޖާގަ ދޭ 30 ފަރާތަކާއި މެނދުރާއި ހަވީރު ޖާގަދޭ 20 ފަރާތެކެވެ. ފޭސް 2ގައި ކުލާސްތައް ކުރިއަށް ގެންދަނީ ހެނދުނާއި މެންދުރުފަހު ކޮންމެ ދަންފަޅިއެއްގައި 20 ކުދިންނަށް ފުރުޞަތު ދޭ ގޮތަށެވެ.

ޤުރުއާނުގެ އިލްމް މުޅި ރާއްޖެއަށް ފެތުރުމުގެ ގޮތުން އަތޮޅުތެރޭގެ ނުވަ ރަށެއްގައި ހިފްޒް ކުރުމުގެ ކުލާސްތަކެއް ހިންގަން ވެސް ވަނީ ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *