ހިތަދޫ ސްކޫލުގެ ނޫރައިންއާއި އަޝްވިން އަށް ސެލަންޑް ލޭންގުއޭޖުއެއްގެ ގޮތުގައި ކޭމްބްރިޖްގެ އިނގިރޭސި މާއްދާއިން ރާއްޖެއާއި ދުނިޔެއިން އެއްވަނަ ލިބިއްޖެއެވެ.
އޯލެވެލްގެ ގަދަ ދިހައެއްގައި އެ ސްކޫލުގެ 12 ދަރިވަރުން ހިމެނިފައިވާއިރު، މި ދެ ދަރިވަރުންނަށް ލިބުނީ ހަތަރު ވަނައެވެ.
ނޫރައިންއަކީ އަދަބީ ހަރަކާތްތަކުގައި ބައިވެރިވި ދަރިވަރެކެވެ. މި ދެ ދަރިވަރުންނަކީ ވެސް އަމިއްލަ އިސްނެގުމާއެކު ކިޔަވަން މަސައްކަތް ކުރަމުން ދިޔަ ދެ ކުދިން ކަމަށް ހިތަދޫ ސްކޫލުން ބުނެއެވެ.
އައްޑޫ ހައި ސްކޫލުން އޭލެވެލްއަށް ކިޔަވަމުން އަންނަ ނޫރައިންއަކީ ހިތަދޫ ސްކޫލުގައި ކިޔެވިއިރު، ގާލްގައިޑް ލީޑަރެކެވެ. އަޝްވިންއަކީ ގޭމްސް ވައިސް ކެޕްޓަނެވެ.


advertisment
ހިޔާލު