* އިނގިރޭސިއާއި ޓްރެވަލް އެންޑް ޓޫރިޒަމުން އެ ސްކޫލުގެ އަލްޔާ އަށް ދުނިޔެއާއި ރާއްޖެއިން އެއްވަނަ އަދި އެކައުޓިންގ އިން ރާއްޖެއިން އެއްވަނަ ލިބިފައިވޭ
* ފަސް ދަރިވަރުންނަށް އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ، ހިސާބާއި ޓްރެވެލް އެންޑް ޓޫރިޒަމުން ދެ ދަރިވަރުންނަށް ދުނިޔެއިން އެއްވަނަ، ނުވަ ދަރިވަރުންނަށް ރާއްޖެއިން އެއްވަނަ ލިބިފައިވޭ
މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގައި ކެމްބްރިޖް ލާރލަރސް އެވޯޑް 2024 އިސްކަންދަރު ސްކޫލްގެ ހަތް ދަރިވަރުން ހޯދައިފިއެވެ.

މި ހަތް ދަރިވަރުންގެ ތެރެއިން ފަސް ދަރިވަރުން އިނގިރޭސި މާއްދާއިން ދުނިޔެއާއި ރާއްޖެއިން ވެސް އެއްވަނަ ހޯދިއެވެ. އަނެއް ދެ ދަރިވަރުން ލާރނަރސް އެވޯޑް ހިސާބު މާއްދާއި ޓްރެވަލް އެންޑް ޓޫރިޒަމުން ހޯދި އިރު އެ ދެ މާއްދާއިން ރާއްޖެއިން ވެސް އެއްވަނަ ހޯދިއެވެ. މީގެ އިތުރުން އެކައުޓިންގ އާއި އިސްލާމް މާއްދާއިން ވެސް ދެ ދަރިވަރަކު ވަނީ ރާއްޖެއިން އެއްވަނަ ހޯދާފައެވެ. އަދި ޓްރެވަލް ޓޫރިޒަމުން އެއް ދަރިވަރަކު ވަނީ ދުނިޔެއިން ހަތަރު ވަނަ ހޯދާފައެވެ.
އޯލެވެލް އިމްތިޙާނުގައި ވަނަތައް ލިބުނު ދަރިވަރުން:
އައިޝަތު ނައުރީން ހަމީދު- އިނގިރޭސި މާއްދާއިން ރާއްޖެއާއި ދުނިޔެއިން އެއްވަނަ
އައިޝަތު ނީމް އަޙްމަދު- އިނގިރޭސި މާއްދާއިން ރާއްޖެއާއި ދުނިޔެއިން އެއްވަނަ
އަލްޔާ އަޙްމަދު ރަޝީދު – އިނގިރޭސި އާއި ޓްރެވަލް އެންޑް ޓޫރިޒަމުން ރާއްޖެއާއި ދުނިޔެއިން އެއްވަނަ، އެކައުންޓިންގ އިން ރާއްޖެއިން އެއްވަނަ
މުޙައްމަދު މަޢާލް އިބްރާހިމް- އިނގިރޭސި މާއްދާއިން ރާއްޖެއާއި ދުނިޔެއިން އެއްވަނަ، އިސްލާމް މާއްދާއިން ރާއްޖެއިން އެއްވަނަ
ރަމްޝާ އަޙްމަދު ފާއިޒު- އިނގިރޭސި މާއްދާއިން ރާއްޖެއާއި ދުނިޔެއިން އެއްވަނަ
އައިޝަތު އީޝަލް އަލީ- ހިސާބު މާއްދާއިން ރާއްޖެއާއި ދުނިޔެއިން އެއްވަނަ
އައިޝަތު ޒޯޔާ ހުސައިން- ޓްރެވަލް އެންޑް ޓުރިޒަމުން ދުނިޔެއިން ހަތަރުވަނަ

މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގައި އިސްކަންދަރު ސްކޫލުގެ 55 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ. އޭގެ ތެރެއިން އެއްވަނައިގައި ހަ ދަރިވަރުން ހިމެނުނެވެ.
advertisment
ހިޔާލު