ގދ. އަތޮޅު ކައުންސިލު ޤުރުއާން މުބާރާތް 2024: އެއްވަނަ ގދ. އޭއީސީއަށް، އެއްވަނަ ދަރިވަރަކަށް އަމްނާ

ގދ. އަތޮޅު ކައުންސިލް ޤުރްއާން މުބާރާތުން އެއްވަނަ ގދ. އަތޮޅު ތަޢުލީމީ މަރުކަޒު ( ގދ. އޭއީސީ)ގެ މަރިޔަމް އަމްނާ މުހައްމަދު ޝަރީފު ހޯދައިފިއެވެ. ދެވަނަ ހޯދީ ގދ. އޭއީސީގެ އާހިލް މުހައްމަދު ޒާހިރެވެ. ތިން ވަނަ ހޯދީ ވެސް އެ ސްކޫލުގެ ޒީކް އިބްރާހިމް ލުތުފީއެވެ.

މި މުބާރާތުގައި ސްކޫލްތަކުގެ ބައިން އެއްވަނަ ހޯދީ ގދ. އޭއީސީއެވެ. ދެވަނަ ހޯދީ ގދ. އަތޮޅު މަދަރުސާއެވެ. ތިން ވަނަ ހޯދީ އަބޫބަކުރު ސްކޫލުންނެވެ.

އިތުރު މުހިންމު ވަނަތައް:

ބަލައިގެން ކިޔުމުގެ ގޮފި
  • ބަލައިގެން ކިޔުމުގެ ގޮފިން އެއްވަނަ: މަރިޔަމް އަމްނާ މުހައްމަދު ޝަރީފު، ގދ. އޭއީސީ
  • ބަލައިގެން ކިޔުމުގެ ގޮފިން ދެވަނަ: ޒީކް އިބްރާހިމް ލުތުފީ ގދ. އޭއީސީ
  • ބަލައިގެން ކިޔުމުގެ ގޮފިން ތިންވަނަ: އައިޝަތު އަލާ ބިންތް ޟަމްރަތު ޖައުފަރު ގދ. އޭއީސީ

ނުބަލައިގެން ކިޔުމުގެ ގޮފި

  • ނުބަލައިގެން ކިޔުމުގެ ގޮފިން އެއްވަނަ: އާހިލް މުހައްމަދު ޒާހިރު، ގދ. އޭއީސީ
  • ނުބަލައިގެން ކިޔުމުގެ ގޮފިން ދެވަނަ: މުޙައްމަދު އައިދަން އިބްރާހިމް ނިޔާޒު އަބޫބަކުރު ސްކޫލް
  • ނުބަލައިގެން ކިޔުމުގެ ގޮފިން ތިންވަނަ: އަދިޔަމް ބިން އަދިޔަމް ނިން އާލިމް އިބްރާހިމް ހޯޑެއްދޫ ސްކޫލް
ހާފިޒުންގެ ބައި
  • އެއްވަނަ: ރާހިމް މުޙައްމަދު، ހުވަދޫ ސްކޫލް

ގދ. އަތޮޅު ޤުރުއާން މުބާރާތުގައި 300 އެއްހާ ދަރިވަރުން ބައިވެރިވިއެވެ. މުޅި މުބާރާތުން އެއްވަނައަށް ދިޔަ ދަރިވަރަށް ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ވަނީ އުމްރާ ދަތުރެއް ހަމަޖައްސާފައެވެ. ހަމައެޔާއެކު ދެވަނައަށް ދިޔަ ދަރިވަރަށް 5,000.00 ރުފިޔާ، ތިންވަނައަށް ދިޔަ ދަރިވަރަށް 3,000.00 ރުފިޔާ އިނާމެއް ދީފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *