"ފިއުޗަރ-ރެޑީ ޔޫތް" ޕްރޮގްރާމުން 1000 ޒުވާނުންނަށް ތަމްރީނު ދެނީ

އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް (މީރީ) ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ "ފިއުޗަރ-ރެޑީ ޔޫތް ޕްރޮގްރާމް" މިއަދު އިފްތިތާޙު ކޮށްފިއެވެ.

"ފިއުޗަރ-ރެޑީ ޔޫތް" ޕްރޮގްރާމަކީ މީރީ ޕްރޮޖެކްޓްގެ އެއްބާރުލުމާއިއެކު، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އިންތިޒާމްކޮއްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން، ފަތުރުވެރިކަމާއި އިމާރާތްކުރުމާއި އައިސީޓީއާއި މަސްވެރިކަމުގެ އިތުރުން ދަނޑުވެރިކަން ފަދަ ރާއްޖެއަށް ބޭނުންވާ އެކި ދާއިރާތަކުން ނެޝަނަލް ސެޓްފިކެޓް ލެވެލް 3 ގެ 30 ކޯހެއް ކުރިއަށްގެންދާނެއެވެ. 16 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް ޙާއްސަކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 1،000 ޒުވާނުންނަށް ތަމްރީނުވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ އިން އަންނަނީ މީރީ ޕްރޮޖެކްޓާއި މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް (އެމްއެންއެސްޑީއޭ) މެދުވެރިކޮށް، ޒުވާނުން ބިނާކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *