ލ. އަތޮޅު ތައުލީމީ މަރުކަޒުގެ އެލޮކުއެންސް ކްލަބް އިފްތިތާހުކޮށްފި

ލ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ދިވެހިބަހުންނާއި އިނގިރޭސި ބަހުން ވާހަކަ ދެއްކުންތެރިކަމުގެ (ޕަބްލިކް ސްޕީޗް) ޤާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ "ދަ އެލޮކުއެންސް ކްލަބް" މިއަދު އިފްތިތާހުކޮށްފިއެވެ .

މި ކްލަބް އިފްތިތާޙް ކޮށްދެއްވީ ހައްދުންމަތީ އަތޮޅު ކައުނސިލްގެ ކައުންސިލް އެގްޒެކްޓިވް ޙުސައިން ޙަބީބެވެ. ކްލަބް ރަސްމީކޮށް ތައާރަފް ކުރުމުގެ ގޮތުން ބޭއްވި އިވެންޓްގައި ސްކޫލްގެ ޕްރިންސިޕަލާއި ސީނިއާ މެނޭޖްމަންޓް ޓީމް (އެސްއެމްޓީ) އާއި ޓީޗަރުންނާއި ގްރޭޑް 7 އިން މަތީގެ ދަރިވަރުން ބައިވެރިވިއެވެ.

އެލޮކުއެންސް ކްލަބަކީ ދަރިވަރުންނަށް ބަހުގެ މުއާމަލާތްކުރުމުގައި އިތުބާރާއި، ސާފުކަމާއި، ވާހަކަ ދެއްކުންތެރިކަން އުފެއްދުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. ލ. އަތޮޅު ތައުލީމީ މަރުކަޒުގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލެވިފައިވާ މި ކްލަބްގެ  މަގުސަދަކީ އާންމުކޮށް ވާހަކަ ދެއްކުމުގެ މުހިންމު ހުނަރުތައް އާލާކޮށް، ޕްރެކްޓިސް އާއި ކުރިއެރުމަށް އެހީތެރިވެދޭ މާހައުލެއް ގާއިމްކުރުމެވެ. ކްލަބުގެ މަގުސަދުތަކުގެ ތެރޭގައި މުވާސަލާތީ ގޮތުން ފައިދާހުރި ހުނަރުތަކެއް އާލާކުރުމާއި ދަރިވަރުންގެ ޚިޔާލުތައް ފޯރުކޮށްދިނުމުގައި އެހީތެރިވުން ހިމެނެ އެވެ.

އެލޮކުއެންސް ކްލަބުން ހިންގާނެ ތަފާތު ހަރަކާތްތަކުގެ ތެރޭގައި ދަރިވަރުންގެ ކިބައިގައި ވާހަކަ ދެއްކުންތެރިކަމުގެ ހުނަރު ކުރިއަރުވާ އެކަމަށް ޝައުގުވެރިކަން އުފެއްދުމާއި  ވޯކްޝޮޕްތަކާއި ސެމިނާތަކުގައި ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން ޕަރސުއޭސިވް ސްޕީކިންގ އާއި، ވާހަކަ ކިޔައިދިނުމާއި، ބަހުސްކުރުންފަދަ އަދަބީ ކަންކަމަށް އިސްކަން ދެވޭނެއެވެ. އަދި ދަރިވަރުންނަށް ޕަބްލިކް ސްޕީކިން ދާއިރާއިން ތަޖުރިބާ ހޯދައިދެވޭނެއެވެ. މިގޮތުން އިންޓަރ ހައުސް އަދި އިންޓަރ ސްކޫލް ވާހަކަ ދެއްކުމުގެ މުބާރާތްތަކުގައި ދަރިވަރުން ބައިވެރިކޮށް ފުރުސަތުހޯދައިދިނުމާ ސްޕީޗް ކްލިނިކްތައް ކުރިއަށް ގެންދިޔުމާއި،  ބަހުސް ސެޝަންތަކުގެ ބައިވުމުގެ ފުރުސަތު ފަހިކޮށްދެވޭނެއެވެ.

މި ކްލަބުގައި ބައިވެރިވުމުގެ ފުރުސަތު ވާހަކަ ދެއްކުންތެރިކަމަށް ޝައުގުވެރިވާ މި ސްކޫލްގެ ކޮންމެ ދަރިވަރަކަށް ވަނީ ހުޅުވާލެވިފައެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދެވޭނީ މި ކަމަށް ޚާއްސަކުރެވިފައިވާ "ސްޕީކާރސް ކޯނަރ" ގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *