މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމުގައި 21 ރަށަކުން 135 ދަރިވަރުން

21 ރަށެއްގެ 135 ދަރިވަރުންނާއެކު މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.

މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވި މަތީ ސާނަވީގައި ކިޔަވަމުންދާ 135 ދަރިވަރުންނަށް ސްކޮލަރޝިޕް ލިބުމު ކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

މި ޕްރޮގްރާމް ފަރުމާކުރެވުފައިވަނީ ގްރޭޑް 11 ގައި އޭލެވެލްއަށް ކިޔަވަންފަށާ ދަރިވަރުންގެ ތެރެއިން މުދައްރިސަކަށްވުމަށް ޝައުގުވެރިވާ ދަރިވަރުން އޭލެވެލްގެ ކިޔެވުމާއެކު، ޓީޗިންގ ފައުންޑޭޝަން ނިންމުމަށް ފަހު ޓީޗިންގ ޑިގްރީ ޕްރޮގްރާމް ކުރިއަށް ގެންދާ ގޮތަށެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް މަހަކު 1500 ރުފިޔާގެ ސްޓައިޕެންޑެއް ދެއެވެ.

ޔުނިސެފާއި ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ މާލީ އެހީތެރިކަމާއެކު މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މުދައްރިސުން ލިބުން ދަތިވާ މާއްދާތަކަށާއި، ރަށްތަކަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *