ފ. އަތޮޅު ޤުރުއާން މުބާރާތުން އެއްވަނަ ފ. އަތޮޅު މަދަރުސާގެ އާއިޝަތު ޔާނާ އަޙްމަދު ހޯދައިފިއެވެ. އެއްވަނަ ސްކޫލަކީ ފ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.
މި މުބާރާތުގައި ފ. އަތޮޅުގެ ފަސް ސްކޫލުން 86 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މި މުބާރާތުން ދެވަނަ ދަރިވަރަކަށް ހޮވުނީ، ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޝަޔާން އަޙްމަދު ރަޝީދެވެ. ތިން ވަނަ ދަރިވަރަކީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފާތިމަތު އަމްނާ އަބްދުﷲއެވެ.
މި މުބާރާތުން ދެ ވަނަ އަށް ދިޔައީ ބިލެތްދޫ ސްކޫލެވެ. ތިން ވަނަ އަށް ދިޔައީ ފ. އަތޮޅު މަދަރުސާއެވެ.
އިތުރު ވަނަތައް:
ބަލައިގެން ކިޔުމުގެ ގޮފި
އެއްވަނަ: އާއިޝަތު ޔާނާ އަޙްމަދު ފ. އަތޮޅު މަދަރުސާ
ދެ ވަނަ: ފާތިމަތު އަމްނާ އަބްދުﷲ ފ. އަތޮޅު ތައުލީމީ މަރުކަޒު
ތިން ވަނަ: އާއިޝަތު ރައުޝަން ރަމީޒު ފ. ބިލެތްދޫ ސްކޫލް
މުޅި މުބާރާތުން ބަލައިގެން ކިޔުމުން އެއްވަނަ ސްކޫލް: ސްކޫލް ފ. އަތޮޅު ތަޢުލީމީ މަރުކަޒު
މުޅި މުބާރާތުން ބަލައިގެން ކިޔެވުމުން ދެވަނަ ސްކޫލް: ސްކޫލް ފ. ބިލެތްދޫ ސްކޫލް
މުޅި މުބާރާތުން ބަލައިގެން ތިން ވަނަ ސްކޫލް: މަގޫދޫ ސްކޫލް
ނުބަލައި ލިޔުމުގެ ބައި
އެއްވަނަ:ޝަޔާން އަޙްމަދު ރަޝީދު، ފ. އަތޮޅު ތަޢުލީމީ މަރުކަޒު
ދެ ވަނަ: އިޝާ އަޙްމަދު، ފ. ދަރަނބޫދޫ ސްކޫލް
ތިން ވަނަ: ރުޚާއު ރިފުއަތު މުޙައްމަދު، ފ. އަތޮޅު މަދަރުސާ
މުޅި މުބާރާތުން ނުބަލައިގެން ކިޔުމުން އެއްވަނަ ސްކޫލް: ފ. އަތޮޅު ތަޢުލީމީ މަރުކަޒު
މުޅި މުބާރާތުން ނުބަލައިގެން ކިޔެވުމުން ދެވަނަ ސްކޫލް: ފ. ބިލެތްދޫ ސްކޫލް
މުޅި މުބާރާތުން ނުބަލައިގެން ތިން ވަނަ ސްކޫލް: ފ. އަތޮޅު މަދަރުސާ
advertisment
ހިޔާލު