ހދ. އަތޮޅު ކައުންސިލުގެ ޤުރުއާން މުބާރާތުން އެއްވަނަ މަކުނުދޫ ސްކޫލުން ހޯދައިފިއެވެ. މި މުބާރާތުގެ އެއްމެ މޮޅު ދަރިވަރަކީ ޖަލާލުއްދީން ސްކޫލުގެ އިބުރާހިމް މަލްސޫން މުހައްމަދެވެ. އޭނާ ވަނީ، ކީ ސްޓޭޖް 5ގެ ބަލައިގެން ކިޔުމުން ވެސް އެއްވަނަ ހޯދާފައެވެ.
މި މުބާރާތުން ދެވަނަ ސްކޫލަކީ ނޮޅިވަރަމް ސްކޫލެވެ. ތިން ވަނަ ސްކޫލަކީ ޖަލާލުއްދީނެވެ.
އެންމެ މޮޅު ތިން ސްކޫލާއި އެންމެ މޮޅު ދަރިވަރުންނަށް އިނާމް ހަވާލުކޮށް ދެއްވީ، ޤުރުއާން މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވި ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރެވެ.
މުބާރާތުގެ އިތުރު ވަނަތައް:
- މުހައްމަދު ލަސަން ފަޟީލް، އަފީފުއްދީން ސްކޫލް- ނުބަލައިކިޔުމުގެ ބައިން އެއް ވަނަ
- ލޫޠު އަބްދުﷲ، ޖަލާލުއްދީން ނުބަލައި- މުޅި މުބާރާތުން ނުބަލައި ކިޔުމުގެ ބައިން ދެވަނަ
- އިޒާން ޝިފާޒު، އަފީފުއްދީން ސްކޫލް- މުޅި މުބާރާތުން ނުބަލައި ކިޔުމުގެ ބައިން ތިން ވަނަ
- އިބުރާހިމް މަލްސޫން މުހައްމަދު، ޖަލާލުއްދީން ސްކޫލް ބަލައިގެން ކިޔުމުމުގެ ބައިން އެއްވަނަ
- ނާޔާ ބިންތް އަޒްހަރު އަބްދުލް އަލީމް- މުޅި މުބާރާތުން ބަލައިގެން ކިޔުމުން ދެ ވަނަ
- ކައުސަރު އިބްރާހިމް ޝާކިރު މަކުނުދޫ ސްކޫލް- މުޅި މުބާރާތުން ބަލައިގެން ކިޔުމުގެ ގޮފިން ތިން ވަނަ
ހަނިމާދޫގައި ކުރިއަށްދިޔަ މި މުބާރާތުގައި އަތޮޅުގެ 13 ރަށެއްގެ 15 ސްކޫލަކުން 200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ.
ހިޔާލު