ޙަމަދު ސްކޫލުގެ ފަރިވަޅަށް ނީލަމުގައި 3100 ރުފިޔާ

ހައްދުންމަތީ އަތޮޅު ކައުންސިލުން ބޭއްވި ލާމަސީލުލާމު ކާބޯތަކެތީގެ މަޢުރަޒުގައި ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގެ ބެލެނިވެރިން ތައްޔާރު ކުރި ފަރިވަޅު ނީލަމުގައި 3100 ރުފިޔާއަށް ވިއްކާލައިފިއެވެ.

ދިވެހިންގެ މައިގަނޑު ކެއުމުގެ ބާވަތްތައް ހިމަނައިގެން ތައްޔާރު ކޮށްފައިވާ މި ފަރިވަޅުގެ ނީލަން ކާމިޔާބު ކުރީ ލ. އަތޮޅު ކައުންސިލުގެ މުވައްޒަފުންގެ ޓީމުންނެވެ.

1000 ރުފިޔާއަށް ނީލަން ފެށި މި ފަރިވަޅަށް ފަހަރަކު އިތުރު ކުރަމުން ދިޔައީ މަދުވެގެން 100 ރުފިޔާއެވެ. މި ނީލަން ކުރިއަށް ގެންންދިޔައީ އިއްޔެ ހެނދުނުން ފެށިގެން މެންދުރު 2:00އާ ހަމައަށެވެ.

ޙަމަދު ސްކޫލުން ބުނީ، ކާބޯތަކެތީގެ މަޢުރަޒުގެ ސްޓޯލްތަކަށް ބޮޑުތަރުޙީބެއް ލިބުނު ކަމަށާއި މިއީ އެ ސްކޫލުން އިންތިޒާމްތައް ހަމަޖައްސައިދިން ކާމިޔާބު މައުރަޒެއް ކަމަށެވެ.

ހައްދުންމަތީ ކައުންސިލުގެ މި މައުރަޒު "ހޮސްޓް" ކުރީ ޙަމަދު ސްކޫލުންނެވެ.

މި މައުރަޒުގައި އެ ސްކޫލުގެ އިތުރުން އިހައްދޫ ސްކޫލާއި މުކުރިމަގު ސްކޫލް ވެސް ބައިވެރިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *