ވިލާ ކޮލެޖުން ނަރުސްކަން ކިޔެވި 109 ދަރިވަރުން ހުވާކޮށްފިއެވެ.
މި ދަރިވަރުން ހުވާ ކުރީ މިއަދު އެ ކޮލެޖްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއް ގައެވެ.
ނަރުހުންގެ މަސައްކަތުގެ އަހުލާޤީ މިންގަނޑުތަކާއި އިންސާނީ އަސާސްތައް ކަނޑައިދޭ މި މުހިންމު ހުވާ ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގެ ރަޖިސްޓްރާ ފާތިމަތު ޞާލިހާއެވެ.
ނަރުސްކަމުގެ ހުވާ ކުރީ ސެޓިފިކެޓް 4 އާއި ޑިޕްލޮމާއިން ނާރސިން ހެދި ދަރިވަރުންނެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގެ ރަޖިސްޓްރާ ފާތިމަތު ޞާލިހާ ވިދާޅުވީ، އިންސާނިއްތައް ކުރާ ޚިދުމަތެއްގެ ގޮތުގައި ދެކިގެން، އޯގާތެރިކަމާއި އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރުމުގެ އަޒުމެއް މިއަދު ހުވާކުރި ކޮންމެ ކުއްޖަކު ވެސް ކަނޑައަޅަން ޖެހޭ ކަމެވެ. އަދި އޭނާ ވިދާޅުވީ، ބަލިމީހުންނަށް ޚިދުމަތް ދިނުމަކީ ވަޒީފާއެއްގެ ބޭނުމުގައި ނުވަތަ ލިބޭ އާމްދަނީއަކަށްވުރެ ބޮޑަށް ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އެދިގެން މަސައްކަތް ކުރެއްވުމަށެވެ.
ބަލިމީހުންގެ ސިއްރުތަކާއި އަދި މިނޫންވެސް އެކި ވަޒީފާ މާހައުލުގައި ހިފަހައްޓަން ޖެހޭ ވާހަކަތައް ސޯޝަލް ޕްލެޓްފޯމްތަކުގައި ބައެއް ފަހަރު ހިއްސާކުރާތަން ފެންނަ ކަމަށާއި އެކަން ހުއްޓާލަން ޖެހޭ ކަމަށެވެ. އެއީ ޕްރޮފެޝަނަލް ބައުންޑްރީން ބޭރުވުން ކަމަށާއި ކޮންމެ ނަރުހަކު ވެސް އެފަދަ ކަންތައްތަކުން ދުރުހެލިވުމަށް އިލްތިމާސް ކުރެއްވިއެވެ.
ހިޔާލު