ށ. އަތޮޅު ވާހަކަ ދެއްކުމުގެ މުބާރާތުން އެއްވަނަ ށ. އޭއީސީގެ އާދަމް އާއި ފުނަދޫ ސްކޫލުގެ އީލާފަށް

ށ. އަތޮޅު ސްކޫލްތަކަށް ހުޅުވާލައިގެން ބޭއްވި ވާހަކަ ދެއްކުމުގެ މުބާރާތުން އެއްވަނަ ށ. އަތޮޅު ތަޢުލީމީ މަރުކަޒު (ށ.އޭއީސީ)ގެ އާދަމް އިސްޙާޤް އާއި ފުނަދޫ ސްކޫލުގެ އާއިޝަތު އީލާފު އަބްދުﷲ ޒާހިރު ހޯދައިފިއެވެ.

މި މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ކައުންސިލްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރެވެ.

ދިހަ ސްކޫލަކުން ބައިވެރިވި މި މުބާރާތް ކުރިއަށް ގެންދިޔައީ ދެ ގިންތިއަށް ބަހާލައގެންނެވެ. އެއީ ސާނަވީ އަދި މަތީ ސާނަވީގެ ގިންތިއާއި ދަށު ސާނަވީގެ ގިންތިއެވެ. އާދަމް އެއްވަނަ ހޯދީ ސާނަވީ ގިންތިންނެވެ. އީލާފު އެއްވަނަ ހޯދީ ދަށު ސާނަވީ ގިންތިންނެވެ.

ސާނަވީ ބައިން ދެވަނަ ހޯދީ ފުނަދޫ ސްކޫލުގެ ފާޠިމަތު ޔަޝްމީ ފާއިޒެވެ. ތިން ވަނަ ހޯދީ ޅައިމަގު ސްކޫލުގެ މުޙައްމަދު މަޢާން އަބްދުއްރަޝީދެވެ.

ސާނަވީ ގިންތިން ދެވަނަ ހޯދީ މިލަންދޫ ސްކޫލުގެ ޒަމްޢަތު ބިންތު ޢަލީއެވެ. ދަށު ސާނަވީ ގިންތިން ތިން ވަނަ ހޯދީ ޢާއިޝަތު ރިޟާ ރަޝީދެވެ.

މިއީ ށ. އަތޮޅު ކައުންސިލުގެ ވާހަކަ ދެއްކުމުގެ ފުރަތަމަ މުބާރާތެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *