ހަ ރަށެއްގެ 300 ކުދިންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިސްކަލް ހަދިޔާކޮށްފިއެވެ. ކޮންމެ ރަށަކަށް ވެސް ހަދިޔާ ކުރީ 50 ބައިސްކަލެވެ. ބައިސްކަލް ފޯރުކޮށް ދިނީ އެ ރަށްރަށުގެ ޖަމިއްޔާއަކާ ގުޅިގެންނެވެ. ކޮންމެ ރަށަކަށް ހަދިޔާ ކުރީ 50 ބައިސްކަލެވެ.

ބައިސްކަލް ހަދިޔާ ކުރި ރަށްތައް:
* ހއ. ދިއްދޫ
* ބ. އޭދަފުށި
* ކ. މާފުށި
* ނ. މަނަދޫ
* މ. މުލައް
* ގއ. ވިލިނގިލި
ބީއެމްއެލް އިން ބުނީ، ބައިސްކަލް ހަދިޔާ ކުރީ ޒުވާނުން މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އާދަކުރުވުމަށާއި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރަން ހިތްވަރުދިނުމުގެ ގޮތުން ކަމަށެވެ.
advertisment
ހިޔާލު