މި މުބާރާތުގެ އެންމެ މޮޅު އެތްލީޓުންނަށް އައްޑޫ ހައި ސްކޫލުގެ އަޙްމަދު އަބްސަލް މުޙައްމަދު ޖަލީލާއި ޙައްވާ މުޒުނާ ފާއިޒު
މި މުބާރާތުގެ އެންމެ މޮޅު އެތްލީޓުންނަށް އައްޑޫ ހައި ސްކޫލުގެ އަޙްމަދު އަބްސަލް މުޙައްމަދު ޖަލީލާއި ޙައްވާ މުޒުނާ ފާއިޒު
މަކިޓާ 15 ވަނަ ޤައުމީ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ފުވައްމުލައް މުޙައްމަދު ޖަމާލުއްދީން ސްކޫލަށް، 20 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފިއެވެ. މި ދެ އުމުރުފުރައިގެ އަންހެން އަދި ފިރިހެން ކުދިންގެ ޗެމްޕިއަނުންނަކީ ވެސް މި ދެ ސްކޫލެވެ. އަދި 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ޗެމްޕިއަންކަން މުޙައްމަދު ޖަމާލުއްދީން ސްކޫލުން ހޯދިއެވެ.
މި މުބާރާތުގެ އެންމެ މޮޅު އެތްލީޓުންނަށް ހޮވުނީ އައްޑޫ ހައި ސްކޫލުގެ އަޙްމަދު އަބްސަލް މުޙައްމަދު ޖަލީލާއި ޙައްވާ މުޒުނާ ފާއިޒެވެ.
ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި 868 އެތްލީޓުން ވާދަކުރިއެވެ. މި މުބާރާތުގައި 31 މީޓް ރެކޯޑް ހެދިއެވެ.
މުބާރާތުގެ ވަނަތައް:
13 އަހަރުން ދަށް
13 އަހަރުން ދަށް ފިރިހެން 3 ވަނަ ޓީމް: ފޭދޫ ސްކޫލް
13 އަހަރުން ދަށް އަންހެން 3 ވަނަ ޓީމް: ހާފިޒް އަޙްމަދު ސްކޫލް
13 އަހަރުން ދަށް ފިރިހެން ރަނަރސް އަޕް ޓީމް: އަބޫބަކުރު ސްކޫލް
13 އަހަރުން ދަށް އަންހެން ރަނަރސް އަޕް ޓީމް: ކަނޑުހުޅުދޫ ސްކޫލް
13 އަހަރުން ދަށް ފިރިހެން ޗެމްޕިއަން ޓީމް: މުޙައްމަދު ޖަމާލުއްދީން ސްކޫލް
13 އަހަރުން ދަށް އަންހެން ޗެމްޕިއަން ޓީމް: މުޙައްމަދު ޖަމާލުއްދީން ސްކޫލް
15 އަހަރުން ދަށް
15 އަހަރުން ދަށް ފިރިހެން ޗެމްޕިއަން ޓީމް: މުޙައްމަދު ޖަމާލުއްދީން ސްކޫލް
15 އަހަރުން ދަށް އަންހެން ޗެމްޕިއަން ޓީމް: ޝަރީފް ސްޕޯޓްސް
15 އަހަރުން ދަށް ފިރިހެން އެންމެ މޮޅު އެތުލީޓް : ޙަސަން އަކްމަލް ލުޖައިން (660) މުޙައްމަދު ޖަމާލުއްދީން ސްކޫލް
15 އަހަރުން ދަށް އަންހެން އެންމެ މޮޅު އެތުލީޓް: އާމިނަތު އައުހާ ޢަބްދުއް ރަޙްމާން (867) ޝަރީފް ސްޕޯޓްސް
17 އަހަރުން ދަށް
17 އަހަރުން ދަށް ފިރިހެން ޗެމްޕިއަން ޓީމް: ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން
17 އަހަރުން ދަށް އަންހެން ޗެމްޕިއަން ޓީމް: ޝަރަފުއްފީން ސްކޫލް
17 އަހަރުން ދަށް ފިރިހެން އެންމެ މޮޅު އެތުލީޓް :ޔޫނުސް މުޙައްމަދު މޫސާ (597) ކަނޑުހުޅުދޫ ސްކޫލް
17 އަހަރުން ދަށް އަންހެން އެންމެ މޮޅު އެތުލީޓް: އާމިނަތު އައިކާ އަޙްޔަދު (862) ޝަރަފުއްދީން ސްކޫލް

20 އަހަރުން ދަށް
20 އަހަރުން ދަށް ފިރިހެން ޗެމްޕިއަން ޓީމް: އައްޑޫ ހައި ސްކޫލް
20 އަހަރުން ދަށް އަންހެން ޗެމްޕިއަން ޓީމް: އައްޑޫ ހައި ސްކޫލް
20 އަހަރުން ދަށް ފިރިހެން އެންމެ މޮޅު އެތުލީޓް : އަޙްމަދު އަބްސަލް މުޙައްމަދު ޖަލީލް (172) އައްޑޫ ހައި ސްކޫލް
20 އަހަރުން ދަށް އަންހެން އެންމެ މޮޅު އެތުލީޓް: ޙައްވާ މުޒުނާ ފާއިޒް އައްޑޫ (184) ހައި ސްކޫލް
މުބާރާތުގެ ފިރިހެން ބެސްޓް އެތުލީޓް: އަޙްމަދު އަބްސަލް މުޙައްމަދު ޖަލީލް (172) އައްޑޫ ހައި ސްކޫލް
މުބާރާތުގެ އަންހެން ބެސްޓް އެތުލީޓް: ޙައްވާ މުޒުނާ ފާއިޒް (184) އައްޑޫ ހައި ސްކޫލް
މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމް: ރައުހަތު ސްޕޯޓްސް
މުބާރާތުގެ އަންހެން ޗެމްޕިއަން ޓީމް: ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން
advertisment
ހިޔާލު