ދަރިވަރުންގެ ޚިޔާލާއި މަޝްވަރާ ހޯދަން މިފަހަރު ކަލައިދޫ ސްކޫލުން "ޓީ އެންޑް ޓޯކް ވިތް ދަ ޕްރިންސިޕަލް" ބާއްވައިފިއެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ އާދިއްތަ ދުވަހުއެވެ. މީގެ ކުރިން އެ ސްކޫލުން ބާއްވަމުން އައީ "ޓޯކް ޓު ދަ ގުރޭޑް" އެވެ. އެއީ ކޮންމެ ގުރޭޑަކަށް ވަކިން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ކަލައިދޫ ސްކޫލުގެ ޕްރިންސިޕަލް ރުގިއްޔާ ސިތާރާ ވިދާޅުވީ، "ޓީ އެންޑް ޓޯކް ވިތް ދަ ޕްރިންސިޕަލް" ކުރިއަށް ގެންދަނީ ގުރޭޑް 10ގެ ދަރިވަރުންނަށް ޚާއްޞަ ކޮށްގެންނެވެ. އޭނާ ވިދާޅުވީ، ހަމައެކަނި ޑިޝްކަޝަންއެއްގެ ގޮތަށް ގެންދިއުމަށްވުރެ އެކުވެރި މާހައުލެއްގައި ސަޔަކާއެކު ދަރިވަރުންނާ ވާހަކަ ދެއްކުމުން އެކުދިންނަށް ލިބޭ ހިތްހަމަޖެހުން ބޮޑު ކަމަށާއި އޭގެ ސަބަބުން އެ ސްކޫލުގައި ހިތްހަމަ ޖެހޭ ގޮތަށް ކުރިއަށް ދާ ކަންތައްތަކާއި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ދަރިވަރުން ފާހަގަ ކުރި ކަމަށެވެ.

" ހިތްހަމަ ޖެހޭ ކަންތައްތަކާއި މިހާރު ރަނގަޅަށް ކުރިއަށް ދާ ކަންތައްތަކާއި އެކުދިންގެ ކަންބޮޑުވުންތައް އެނގުނީމާ އަޅުގަނޑުމެންނަން އެކަންތައްތައް އިތުރަށް ރަނގަޅު ކުރަން މަސައްކަތް ކުރެވޭނީ" ސިތާރާ ވިދާޅުވިއެވެ.
" ސްކޫލާއި ދޭތެރޭ ކުދިން ދެކޭ ގޮތް ވަރަށް މުހިންމުވާއިރު، އެކުދިން މިހާތަނަށް ފާހަގަ ކުރި ކަންތައްތައް ޓީޗަރުންނާ ވާހަކަ ދައްކައިގެން ވާނީ ބަދަލުތކެއް ވެސް ގެނެސްފައި"
ސިތާރާ ވިދާޅުވީ، ގުރޭޑް ދިހައެއްގެ ދަރިވަރުންނާއެކު ސައި ކުރިއަށް ގެންދިއުމުގައި ގްރޭޑް ލީޑިންގޓީޗަރާއި ބެލެނިވެރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކަމަށާއި ސްކޫލުން ކުރާ ހުރިހާ ކަމެއްގައި އެ އެހީތެރިކަމާއި އެއްބާރުލުން ލިބޭ ކަމަށެވެ.
ފައުންޑޭޝަން އުމުރުން ފެށިގެން ގުރޭޑް 10އާ ހަމައަށް 150 އެއްހާ ދަރިވަރުން މިހާރު ކަލައިދޫ ސްކޫލުގައި ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު