އެމްއެންޔޫއިން ތަޢުލީމީ ދާއިރާއަށް ޚާއްޞަކޮށްގެން "އެޑިއުޓެކް ސިމްޕޯޒިއަމް" އެއް ބާއްވަނީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ( އެމްއެންޔޫ) އިން ތަޢުލީމ ދާއިރާއަށް ހާއްސަކޮށްގެން "އެޑިއުޓެކް ސިމްޕޯޒިއަމް" އެއް ބާއްވަން ނިންމައިފިއެވެ. މި ސިމްޕޯޒިއަމް ބާއްވަނީ އެ ޔުނިވަރސިޓީގެ ސެންޓަރ ފޮރ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސްއިންނެވެ.

"އެޑިއުޓެކް ސިމްޕޯޒިއަމް" ބާއްވަނީ އަންނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 17 އިން – 18 އަށެވެ. ތީމެއްގެގޮތުގައި ހަމަޖައްސާފައ ވަނީ "ލެވަރޭޖިންގ އެޑިއުކޭޝަން ތްރޫ ދި އެޑްވާންސްމެންޓް އޮފް ޓެކްނޮލިޖީ" އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ސިމްޕޯޒިއަމް އިފްތިތާހުކޮށް، ބައިވެރިވާން މިއަދު ވަނީ ހުޅުވާލާފައެވެ. ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޢުލީމީ ދާއިރާގެތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސިމްޕޯޒިއަމަކީ ޓެކްނޮލޮޖީގެއެހީގައި އުނގެނުމާއި އުނގަންނައިދިނުމުގެއެކި ހަރަކާތްތައް އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވޭނެ ގޮތްތައް ދެނެގަނެ ، އެފަދަ ގޮތްތައް ފަހި ކުރެވޭނެ އީޖާދީ ވިސްނުންތައް ޙިއްޞާކުރެވޭނެ ސިމްޕޯޒިއަޒިއަމަކަށް ވާނެ ކަމަށް ސެންޓަރ ފޮރ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސްއިން ފާހަގަކުރެއެވެ.

ޒަމާނީ ތަޢުލީމެއް ފޯރުކޮށްދިނުމަށްޓަކައި ޓެކްނޮލޮޖީ އިންޓަގްރޭޓްކުރުމަކީ އަސާސީ ބޭނުމެއްކަމަށްވާއިރު މި ސިމްޕޯޒިއަމަކީ ފަންނިއްޔާތުގެއެހީގައި ތަޢުލީމީ ދާއިރާ އިތުރު ހަރުފަތަކަށް ވާޞިލްކޮށްދިނުމަށް މަދަރުސާތަކާއި މަތީ ތަޢުލީމް ފޯރުކޮށްދޭ

މަރުކަޒުތަކަށް ލިބޭނެ ރަނުގެފުރުޞަތެއް ކަމަށް އެ ސެންޓަރުން ފާހަގަކުރެއެވެ. މި ސިމްޕޯޒިއަމްގައި ދިވެހިބަހާއި އިނގިރޭސި ބަހުން ވެސް ބައިވެރީންނަށް ހުށައެޅުންތައް ހުށައެޅުމުގެފުރުޞަތުވަނީ ހުޅުވައިލާފައެވެ. އަދި އަމިއްލަ ގޮތުންނާއި ތަޢުލީމު ފޯރުކޮށްދޭ މަރުކަޒު ތަމްޞީލުކުރާ ގޮތަށް ވެސް ބައިވެރިވެވޭގޮތަށް ވަނީ ހަމަޖެހިފައެވެ .

މި ސިމްޕޯޒިއަމްގައި ދާއިރާގެފުންނާބު އުސް މާހިރެއްގެ ތަޤްރީރުކުރުމާއި އުނގެނުމާއީ އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމާ ގުޅޭގޮތުން ޕެނަލް ޑިސްކަޝްނަންތަކުގެ އިތުރުން އުނގެނުމާއި އުނގަންނައިދިނުމުގައި ބޭނުންކުރެވޭ އެކި ޓެކްނޮލޮޖީތަކާއި ގެޖެޓްތައް ދައްކާލުމަށް ބާއްވާ " އެޑިއުޓެކް އެގްޒިބިޝަން" އެއް ވެސް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

މި ސިމްޕޯޒިއަމްގައި ބައިވެރިން ހުށައަޅާ ހުށައެޅުންތަކުގެ ތެރެއިން ދެ ގިންތިއަކުން އެންމެ ރަނގަޅު ތިން ހުށައެޅުމެއް ހޮވައި "އެޑިއުޓެކް އެކްސަލަންސް އެވޯޑް" ގެ ނަމުގައި އެވޯޑެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ މި އެވޯޑު ދޭނީ އަމިއްލަ ގޮތުންނާއި ތަޢުލީމު ފޯރުކޮށްދޭ މަރުކަޒު ތަމްސީލުކުރާ ގޮތަށް ހުށައަޅާ ހުށައެޅުންތަކަށް ވަކިވަކީންނެވެ. ސިމްޕޯޒިއަމްގައި ރެޖިސްޓްރީވެ ކޮންޓެންޓް ހުށައެޅުއްވުމަށްޓަކައި ތިރީގައިވާލިންކް ބޭނުން ކުރެވޭނެއެވެ.

/https://mnu.edu.mv/cete/edutech-symposium

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *