މެލޭޝިއާގެ ޤުރުއާން މުބާރާތުން ތިން ވަނަ ހޯދުމުން ޝާޔާގެ ކާމިޔާބީ އިސްކަންދަރުން ފާހަގަކޮށްފި

މެލޭޝިއާގައި ބޭއްވި "މެލޭޝިއަން އިންޓަނޭޝަނަލް އަލްގުރްއާން ރިސައިޓޭޝަން އެންޑް މެމޮރައިޒޭޝަން އެސެމްބްލީ" (އެމްޓީއެޗްކިއުއޭ) މުބާރާތުން ތިން ވަނަ ހޯދުމުން، އިސްކަންދަރު ސްކޫލުގެ އަލްހާފިޡާ ފާތިމަތު ޝާޔާ ޒާހިރުގެ ޝަރަފުގައި ޚާއްޞަ އެސަމްބްލީއެއް ބާއްވައިފިއެވެ.

މިދިޔަ ހަފުތާގައި ބޭއްވި މި އެސަމްބްލީގައި އިސްކަންދަރު ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުން ވަނީ ޝާޔާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އޮކްޓޯބަރު މަހުގެ 5ން 12އަށް ކުރިއަށް މެލޭޝިޔާގައި ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތުގައި 52 ޤައުމެއްގެ 76 ފަރާތަކުން ވާދަކުރިއެވެ.

އިސްކަންދަރު ސްކޫލުން ބުނީ، ޝާޔާގެ ކާމިޔާބާމެދު އެ ސްކޫލް ފަޚުރުވެރިވާ ކަމަށާއި އޭނާ ހޯދި ކާމިޔާބީ ފާހަގަކުރީ ހިތްވަރުދިނުމާއެކު އިތުރު ކާމިޔާބީތައް ހޯދަން ބާރުއެޅުމުގެ ގޮތުން ކަމަށެވެ.

ގުރޭޑް 10ގައި ކިޔަވަމުން އަންނަ ޝާޔާ ވަނީ، އެޕްރީލް މަހު، މިސްރުގައި ބޭއްވި ޤުރުއާން މުބާރާތަކުން ދެ ވަނަ ވެސް ހޯދާފައެވެ. ނިމިގެން ދިޔަ ޤައުމީ ޤުރުއާން މުބާރާތުގެ ހާފިޡުންގެ ބައިން އެއްވަނަ ވެސް ޝާޔާ ވަނީ ހޯދާފައެވެ. ޝާޔާ ޤުރުއާން ހިތުދަސްކުރީ އުމުރުން ދިހަ އަހަރުގައެވެ.

މިސްރުގައި ބޭއްވި މުބާރާތުން ދެވަނަ ހޯދުމުން ވެސް އިސްކަންދަރު ސްކޫލުން ވަނީ ޝާޔާގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ޚާއްޞަ އެސެމްބްލީއެއް ބާއްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *