ސައިންސްގެ ދާއިރާއިން ދަރިވަރުންގެ ހުނަރު ދައްކާލަން "ތާޖު އިންވެންޓޯޕިއާ" ބާއްވައިފި

ސައިންސްގެ އާ އީޖާދުތަކަށް ދަރިވަރުން ހޭލުންތެރިކޮށް، ދަރިވަރުންގެ ހުނަރުތައް ދައްކާލަން  "ތާޖު އިންވެންޓޯޕިއާ" ގެ ނަމުގައި ތާޖުއްދީން ސްކޫލުގެ ސައިންސް ފެއަރ އިއްޔެ ބާއްވައިފިއެވެ.

މި ފެއާގައި ތާޖުއްދީނުގެ ހެނދުނު ދަންފަޅީފައި ހިމެނޭ ގުރޭޑް 6ން 10ގައި ހިމެނޭ 29 ކުލާހަކުން ސްޓޯލެއް ތައްޔާރު ކުރިއެވެ. ތާޖުއްދީނުން ބުނީ، ސައިންސްގެ އީޖާދުތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމާއިއެކު ދަރިވަރުންގެ ހުނަރުތައް މިފެއާއިން ފެނިގެން ދިޔަ ކަމަށެވެ. އަދި ފެއަރ މެދުވެރިކޮށް ދަރިވަރުން ކިޔަވަމުންދާ ބައެއް ބައިތައް މަސައްކަތްކުރާ ގޮތް މޮޑެލެއްގެ ގޮތުގައި  ދައްކާލުމުގެ ސަބަބުން ދަރިވަރުންގެ އުނގެނުމުގެ ޝައުޤުވެރިކަން އުފެދިގެން ދާނެ ކަމަށެވެ.

މިއަދު މެންދުރު މި ފެއަރ ބެލެނިވެރިންނަށް ހުޅުވާލަން ވަނީ ނިންމާފައެވެ.

ތާޖުއްދީނުން ބުނީ، މި ފެއާގައި ބައިވެރިކުރުވި ދަރިވަރުންގެ އުފެއްދުންތައް ބެލެނިވެރިންނަށް ދައްކާލަނީ، ދަރިވަރުންގެ ހުނަރުތަކާއި އެކުދިން ހަދާފައިވާ މޮޑެލްތަކުގެ މައުލޫމާތު ހިއްސާކުރުމުގެ ގޮތުން ކަމަށެވެ. މީގެ ސަބަބުން ބެލެނިވެރިންގެ ފަރާތުން ދަރިވަރުންނަށް މިފަދަ ފުރުސަތުތައް ހޯދައިދިނުމަށް އިތުރަށް މަސައްކަތްކޮށްދިނުމުގެ ރޫހު އުފެދިގެންދާނެ ކަމަށް އެ ސްކޫލުން ފާހަގަ ކުރެވެއެވެ.

ތާޖުއްދީނުގެ މެންދުރުފަހު ދަންފަޅީގެ ދަރިވަރުންގެ ހުނަރުތައް ދައްކާލަން މިފަދަ ފެއާ އެއް ބާއްވަން އަންނަ ހަފުތާގައި ބާއްވަން ދަނީ ތައްޔާރު ވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *