ބ. އަތޮޅު ޤުރުއާން މުބާރާތުން އެއްވަނަ ވިދިވިދިގެން ތިން ވަނަ ފަހަރަށް ތުޅާދޫ އަށް

ބ. އަތޮޅުގެ ގުރުއާން މުބާރާތުގެ އެއް ވަނަ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ތުޅާދޫ ކައުންސިލުން ހޯދައިފިއެވެ. އެ ކައުންސިލުން ވަނީ މި އަހަރުގެ މުބާރާތުގައި ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުގެ ބައިން ވެސް އެއްވަނަ ހޯދާފައެވެ. ތުޅާދޫ ކައުންސިލުން ހޯދި ކާމިޔާބީއަށް ރަށުގެ ރައްޔިތުން ވަނީ މުބާރާތުގައި ބައިވެރިވި ދަރިވަރުންނަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔާފައެވެ.

މި މަހު، 16ން 18އަށް ކުރިއަށް ގެންދިޔަ މުބާރާތުގައި 12 ރަށެއްގެ ކައުންސިލުން 200 އެއްހާ ފަރާތުން ޤުރްއާން މުބާރާތުގައި ބައިވެރިވިއެވެ.

ހިތުން ކިޔެވުމުގެ ބައިން ދެ ވަނަ އޭދަފުށި ކައުންސިލުން ހޯދި އިރު، ބަލައިގެން ކިޔެވުމުގެ ބައިން ދެވަނަ ހޯދީ ކުޑަރިކިލު ކައުންސިލުންނެވެ.

ހިތުން ކިޔެވުމުގެ ބައިން ތިން ވަނަ ކެންދޫ ކައުންސިލަށް ލިބުނުއިރު، ބަލައިގެން ކިޔެވުމުގެ ބައިން ތިން ވަނަ ހޯދީ އޭދަފުށީ ކައުންސިލުންނެވެ.

  • ބަލައިގެން ކިޔެވުމުން އެއްވަނަ: އާޔާ ބިންތު އިބްރާހީމް، މާޅޮހު ކައުންސިލް
  • ހިތުން ކިޔެވުމުގެ ބައިން އެއްވަނަ: ޒައުލް ބިން ޝާމިން ޙުސައިން، ތުޅާދޫ ކައުންސިލް

މިއަދު ހެނދުނު ބޭއްވި ބ. އަތޮޅު ޤުރުއާން މުބާރާތުގެ އިނާމް ދިނުމުގެ ޖައްސާ ޝަރަފުވެރިކޮށް ދެއްވި އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *