އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގައި ވަކި މާއްދާއެއްގެ ގޮތުގައި ސްޓެމް އެޑިޔުކޭޝަނާއި ރޮބޮޓިކް އިންޖިނިއަރިންގ ކިޔަވައިދޭން ފަށާން ތައްޔާރު ވުމުގެ ގޮތުން ޕައިލެޓް ޕްރޮގްރާމެއް ފަށައިފިއެވެ.
އަހުމަދިއްޔާ ސްކޫލްގައި ސްޓެމް އެޑިއުކޭޝަން ޕްރޮގްރާމް ފަށަނީ ގުރޭޑް 3ން 6 ގެ ގުރޭޑް ތަކުގެ ދަރިވަރުންނަށެވެ. އޭގެ ފަހުން ގުރޭޑް 6 އަދި 7 ގެ ދަރިވަރުންނަށް ވެސް މި ޕްރޮގްރާމް ފުޅާ ކުރާނެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެސްސީސީއައިޕީ މޯލްޑިވްސް އާއި އެސްސީސީއައިޕީ ޖަޕާން ގުޅިގެންނެވެ.
އަޙްމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ދަރިވަރު ނޫހަށް ވިދާޅުވީ، ސްޓެމް އެޑިޔުކޭޝަނާއި ރޮބޮޓިކް އިންޖިނިއަރިންގ ކުލާސްތައް އަންނަ މަހުގެ ތެރޭގައި ފަށަނީ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ނަމަވެސް ހުރިހާ ކުދިންނަށް އެ ޕްރޮގްރާމް ކުރިއަށް ގެންދެވެން ނެތީ ޖާގައިގެ ދަތިކަން ހުރުމުން ކަމަށާއި ކުރިއަށް އޮތް ތަނުގައި 7-1 އަށް ސްޓެމް އެޑިޔުކޭޝަނާއި ރޮބޮޓިކް އިންޖިނިއަރިންގ ވަކި މާއްދާއެއްގެ ގޮތުގައި ދާއިމީ ގޮތެއްގައި ކިޔަވައިދޭނެ ކަމަށެވެ.
މި ޕްރޮގްރާމު ކުރިއަށް ގެންދާއިރު، ސްޓެމް އަދި ރޮބޮޓިކް ކްލާސްތަކަށް ބޭނުންވާ ކިޓު ދަރިވަރުންނަށް އެސްސީސީއައިޕީގެ ފަރާތުން ފޯރުކޮށް ދޭނެއެވެ.
ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުން ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އެކަމާ ގުޅޭ މަޢުލޫމާތު ބެލެނިވެރިންނާއި ދަރިވަރުންނަށް ދަނީ ފޯރުކޮށް ދެމުންނެވެ.
advertisment
ހިޔާލު