ރާއްޖޭގައި ޑޮކްޓަރީކަން ކިޔަވަން ފެށި ފުރަތަމަ ބެޗްގެ ދަރިވަރުންގެ ދަސްވެނިވުން މިމަހު 31 ގައި ބާއްވަން ދިވެހިރާއްޖޭގެ ޤައުމި ޔުނިވަރސިޓީން ނިންމައިފިއެވެ. ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ހަފްލާގައި އެހެން ފެކަލްޓީތަކުން ދަސްވެނިވި ދަރިވަރުންނަށް ވެސް ދަސްވެނިވި ކަމުގެ ސެޓްފިކެޓް ދޭނެއެވެ. މި ރަސްމިއްޔާތު މި ފަހަރު ބާއްވަނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި، އޮކްޓޫބަރު 31 ވަނަ ދުވަހު 08:30 ގައެވެ.
މިފަހަރުގެ ދަސްވެނިވާ ދާރިވަރުންގެ ތެރެއިން އެންމެ ހާއްސަކަމެއްގެ ގޮތުގައި ފާހަގަ ކޮށްލެވެނީ މިއި ރާއްޖޭގެ ފުރަތަމަ ފަހަރަށް ޑޮކްޓަރުން ތަމްރީނުވެ ދަސްވެނިވާ ފަހަރެއްގެ ގޮތުގައެވެ. މިއީ ދިވެހިރާއްޖެއަށާއި ރާއްޖޭގެ ސިއްހީ ނިޒާމަށް ލިބޭނެފަހަރުވެރި ކާމިޔާބީއެއް ކަމުގައި ފާހަގަ ކުރަމެވެ. ރާއްޖޭގެ އަލަށް ތަމްރީން ވެގެން ދާ ހުރިހާ ޑޮކްޓަރުން ވެސްވަނީ އެދަރިވަރުންގެ އިމްތިހާނު ތަކުން ފާސްވެ ރަނގަޅު ނަތިޖާއެއް ވެސް ހޯދާފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގައި ޑޮކްޓަރީކަން ކިޔަވަން ފެށި ފުރަތަމަ ބެޗްގެ ކުރިހާ ދަރިވަރުން އެމްބީބީއެސް ކޯހުގެ ފަހު އިމްތިހާނުން ވަނީ ފާސްވެފައެވެ. އެ ބެޗްގްއި 21 ދަރިވަރުން އިމްތިޙާނުގައި ބައިވެރިވިއެވެ. މިއީ ރާއްޖެއަށް ލިބުނު ތާރީޚީ ކާމިޔާބެކެވެ. އެ ދަރިވަރުންގެ ފަހު އިމްތިޙާނުގެ ނަތީޖާ ލިބުނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.
ރާއްޖޭގައި ޑޮކްޓަރުން ތަމްރީނު ކުރަން ފެށީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މެލޭޝިޔާގެ ކެބަންސާން ޔުނިވާސިޓީއާ ގުޅިގެން ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީންނެވެ. ކޯހުގެ ހުރިހާ ކަމެއް ބަލަހައްޓައި، ދަރިވަރުންގެ އިމްތިޙާނަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ގެނައީ ކެބަންސާން ޔުނިވާސިޓީންނެވެ. ކޯހުގައި ކިޔަވައިދިނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ވޭފުޅުންނެވެ.
ހިލޭ ޑިގްރީގެ ދަށުން ރާއްޖޭގައި ޑޮކްޓަރީކަން ކިޔެވެއެވެ. މިހާރުވެސް 220 ދަރުވަރުން ދަނީ ޑޮކްޓަރީކަން ކިޔަވަމުންނެވެ.
advertisment
ހިޔާލު