ޗައިނާ އެމްބަސީގެ "ޗައިނީޒް އެންބެސެޑާ ބާސަރީ އެވޯޑް" އެމްއެންޔޫ އާއި އައިޔޫއެމްގެ 32 ދަރިވަރަކަށް

ޗައިނާ އެމްބަސީގެ "ޗައިނީޒް އެންބެސެޑާ ބާސަރީ އެވޯޑް " ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ 32 ދަރިވަރަކަށް މި އަހަރު ދީފިއެވެ.

މި އަހަރު މި އެވޯޑް ލިބުނީ އެމްއެންޔޫގެ 25 ދަރިވަރުންނަށާއި އައިޔޫއެމްގެ ހަތް ދަރިވަރަކަށެވެ. މި އެވޯޑްގެ އިތުރުން އެމްއެންޔޫއާއި އައިޔޫއެމްގެ 12 ދަރިވަރަކަށް އެކްސްޗޭންޖް ޕްރޮގްރާމެއްގެ ތެރެއިން ޗައިނާއަށް ދިއުމުގެ ފުރުޞަތު ވަނީ ދީފައެވެ.

"ޗައިނީޒް އެންބެސެޑާ ބާސަރީ އެވޯޑް" ލިބޭ ދަރިވަރުންނަށް އެހީގެ ގޮތުގައި ދެނީ 10،000 ރުފިޔާއެވެ. މިއީ ކިޔެވުމުގައި ދަރިވަރުންނަށް ބޭނުންވާ ކަންތައްތައް ހަމަޖައިދޭން ދޭ މާލީ އެހީއެކެވެ. މިދިޔަ އަހަރުވެސް މި އެވޯޑަށް ހޮވުނު 10 ދަރިވަރުންނަށް މާލީ އިނާޔަތް ދީފައިވެއެވެ.

މި ރަސްމިއްޔާޔުގައި ޗައިނާގެ ސަފީރު ވަންގް ލީޝިންގް ވިދާޅުވީ، ޗައިނާގެ ސްކޮލަޝިޕްގައި ކިޔެވުމުގެ ފުރުސަތު ހުޅުވިފައި އޮތް  ކަމަށް ވިދާޅުވެ އެ ފުރުޞަތުގެ ބޭނުން ހިފުމަށް ގޮވާލައްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *