އަންނަ ދިރާސީ އަހަރު ގުރޭޑް އެކަކަށް ދަރިވަރުން ވައްދަން މާދަމާ ހުޅުވާލަނީ

2025 ވަނަ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީ އާއި ޔޫކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވައްދަން ފޯމް ހުށައަޅަން މާދަމާ ހުޅުވާލާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ސްކޫލްތަކަށް ވަންނަން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ނޮވެންބަރު 6 ވަނަ ދުވަސް ކަމަށާއި އޭގެ ފަހުން އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަންނާނެ ކަމަށެވެ.

އަތޮޅުތެރޭގެ ސްކޫލްތަކުން އެޕްލިކޭޝަން ފޯމު ދޫކުރަން މިހާރު ފަށާފައިވާ ކަމަށާއި މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހަޅަން ޖެހެނީ އޮންލައިން ފޯމެކެވެ. މި ފޯމް އެ ނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 15 ނޮވެންބަރު 2024 އެވެ. ސުންގަޑި ހަމަވުމަށްފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަތުމަށް މިނިސްޓްރީއިން ވަނީ ނިންމާފައެވެ.

ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސުންގަނޑިއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން، ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދޭ ފޯމް: https://myoffice.moe.gov.mv/forms/id/2

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *