ވަމީއާ ގުޅިގެން މަތީ ސާނަވީއާއި ކޮލެޖް ޔުނިވަރސިޓީގެ ދަރިވަރުންނަށް އުމްރާ ދަތުރެއް  

ދަރިވަރުންގެ އިޙްޔާ ފޯރަމުން މިދިޔަ އަހަރު އެންމެ މޮޅު ހުށަހެޅުމެއް ހުށަހެޅި ސީއެޗްއެސްއީގެ ޓީމް: ް، މަތީ ސާނަވީއާއި ކޮލެޖް ޔުނިވަރސިޓީގެ ޔޫނިއަން ތަކުގެ ދަރިވަރުންނަށް އުމްރާ ދަތުރެއް ހަމަޖައްސައިދޭން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައި- ފޮޓޯ: ސީއެޗްއެސްއީ

ވޯލްޑް އެސެމްބްލީ އޮފް މުސްލިމު ޔޫތު ( ވަމީ) އާ ގުޅިގެން، މަތީ ސާނަވީއާއި ކޮލެޖް ޔުނިވަރސިޓީގެ ޔޫނިއަން ތަކުގެ ދަރިވަރުންނަށް އުމްރާ ދަތުރެއް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ، ވަމީގެ އެހީތެރިކަމާއެކު ހަމަޖައްސާ އުމްރާ ދަތުރުގައި 20-25 އާ މެދުދުގެ އަދަދަކަށް ދަރިވަރުން ބައިވެރިވާނެ ކަމަށެވެ.

ވަމީއިން ހަމަޖައްސާ އުމްރާ ދަތުރު ބާއްވާނެ ދުވަހެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

މަތީ މަތީ ސާނަވީއާއި ކޮލެޖް ޔުނިވަރސިޓީގެ ޔޫނިއަން ތަކުގެ ދަރިވަރުން އުމުރާއަށް ފޮނުވުމުގެ ޕްރޮގްރާމެއް އިސްލާމިކް މިނިސްޓްރީން ފަށާނެ ކަމަށް މީގެ ކުރިން ވަނީ އިއުލާން ކޮށްފައެވެ. އަދި އެފަދަ ޕްރޮގްރާމެއް ޤުރުއާން ހިތުދަސްކޮށް ހާފިޡު ކަމުގެ ސަނަދު ހޯދާ ދަރިވަރުންނަށް ވެސް އެ މިނިސްޓްރީން ވަނީ ފަށާފައެވެ. އެ ޕްރޮގްރާމު މިހާރު ފަށާފައިވާއިރު، ހާފިޡު ކަމުގެ ސަނަދު ހޯދި ބައެއް ދަރިވަރުންނަށް، ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ފުރުޞަތު މިހާރު އަންނަނީ ފަހިކޮށް ދެމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *