މަޑވެލީ ސްކޫލުގެ ކޮމްޕިއުޓަރު ލެބަށް ކުލިކު ކޮމްޕިއުޓަރސް އިން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.
ކުލިކުން ވަނީ އެ ސްކޫލުގެ ކޮމްޕިއުޓަރު ލެބަށް ފަސް ކޮމްޕިއުޓަރު ސިސްޓަމާއި ފަސް ލެޕްޓޮޕް ހަދިޔާކޮށްފައެވެ. ކޮމްޕިއިޓަރުތައް ހަވާލުކުރީ މި މަހުގެ ހަ ވަނަ ދުވަހު އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އަދި ކޮމްޕިއުޓަރު ލެބް އަޕްގުރޭޑް ކުރުމުގެ މަސައްކަތަށް ވެސް އިތުރު އެހީ ވާނެ ކަމުގެ ޔަޤީންކަން އެ ކުންފުނިން ދީފައިވާ ކަމަށް މަޑަވެލީ ސްކޫލުން ބުނެއެވެ.
މަޑަވެލީ ސްކޫލުން ބުނީ، ކުލިކުން ދިން ކޮމްޕިއުޓަރުތަކާއެކު މިހާރު އެއް ފަހަރާ 15 ކުދިންނަށް ކިޔަވައި ދެވޭނެ ކަމަށެވެ. މައިގަނޑު ގޮތެއްގައި އެ ލެބުގެ ބޭނުން އެ ސްކޫލުން ކުރަނީ ކޮމްޕިއުޓަރ ސްޑަޑީޒް ކިޔަވާ ދަރިވަރުންނެވެ.
މަޑަވެލީ ސްކޫލުން ބުނީ، ކުލިކު ކޮމްޕިއުޓަރސްއިން އެ ސްކޫލަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށް ދެމުން ގެންދާ ކަމަށާއި އެކަމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުންނާއި ސީއީއޯ މުޙައްމަދު ޒާހިރު އަށް ނުހަނު އިޚުލާޞްތެރިކަމާއި އެކު ޝުކުރުދަންނަވާ ކަމަށެވެ.
ކުލިކު ކޮމްޕިއުޓަރސްއަކީ ރާއްޖޭގައި ކޮމްޕިއުޓަރާއަި ލެބްޕްޓޮޕް އަދި އައިޓީ ތަކެތި ފުޅާ ދާއިރާއެއްގައި ވިއްކާ ކުންފުންޏެކެވެ.
ހިޔާލު