29 މިސްކިތެއްގައި "މިސްކިތު ޤާރީ ކިލާސް" ފަށައިފި

ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ހިލޭ ސާބަހަށް " މިސްކިތު ޤާރީ ކިލާސް" ހިންގަން ހުޅުވާލުމުން ކުރިމަތި 29 ފަރާތަކަށް ހުއްދަދީ، އެ ކުލާސްތައް މިއަދު ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، " މިސްކިތު ޤާރީ ކިލާސް" ހިންގަން ކުރިމަތިލީ 29 ފަރާތަކާއި 3 ޖަމިއްޔާއަކުން ކަމަށެވެ. އޭގެ ތެރެއިން 29 މިސްކިތެއްގައި މިހާރު މި ޕްރޮގްރާމް ކުރިއަށް ގެންދާ ކަމަށެވެ.

މި ކުލާސްތަކުގައި ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔުން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި ޕްރޮގްރާމް މިއަދު ފެށީ 14 އަތޮޅެއްގެ 29 މިސްކިތެއްގައެވެ. މި މިސްކިތްތަކުގެ އިތުރުން މާލެ، ވިލިމާލެ، ހުޅުމާލޭގައި މި ކުލާސްތައް ހިންގާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ފުރަތަމަ ފަށާ ރަށްތަކަކީ

މާލެ ސިޓީ

⁠ހުޅުމާލެ

ވިލިމާލެ

⁠އައްޑޫ ސިޓީ

⁠ފުވައްމުލަށް ސިޓީ

⁠ހދ. ކުޅުދުއްފުށި

⁠އދ މަހިބަދޫ

⁠ލ. އިސްދޫ

⁠ތ. އޮމަދޫ

⁠ނ. ވެލިދޫ

⁠ހއ. ކެލާ

⁠ގއ. ކޮނޑޭ

ށ. ފުނަދޫ

ބ. ތުޅާދޫ

⁠ގދ. ނަޑެއްލާ

⁠ސ. ފޭދޫ

⁠ލ. މާވަށް

⁠އދ. މާމިގިލި

⁠އއ. ތޮއްޑޫ

⁠ކ. ތުލުސްދޫ

⁠ބ. ކުޑަރިކިލި

⁠މ. މުލަށް

⁠ތ. ކިނބިދޫ

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *