"ތިންކް ގޭޓް" ގެ ނަމުގައި ޓީޗަރުންނަށް ޚާއްޞަ ފޯރަމެއް ކަލާފާނުގެ ދަރިވަރުން ބާއްވަން ނިންމައިފިއެވެ. މި ފޯރަން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
މިއީ ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ސްކޫލުގެ ދަރިވަރުން ކުރިއަށް ގެންދަން ނިންމި މުހިންމު ހަރަކާތެކެވެ.
ކަލާފާނު ސްކޫލުން ބުނީ، މި ފޯރަމުގައި ކޮންމެ ކީސްޓޭޖަކުން ދަރިވަރުން، އެކުދިންގެ އުނގެނުމާއި ގުޅޭ ކަންކަމުގައި ހުރި ކަންބޮޑުވުންތަކާއި ބޭނުންތަކާއި ކުރިމަގުގެ ތަޞައްވަރު ޓީޗަރުންނަށް ހުށަހަޅައިދޭނެ ކަމަށެވެ.
އެ ސްކޫލުގެ ޓީޗަރުންނަށް ސުވާލު ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ މި ފޯރަމުގެ ޕެނަލިސްޓުންގެ ގޮތުގައި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދެ ލެކްޗަރާއިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ސްކޫލުން ބުނެއެވެ.
" މިއީ ދަރިވަރުންގެ އިސްނަގައިގެން އެ ކުދިންނަށް ދިމާވާ ކަންތައްތަކާއި އެކަންކަމާ މެދު ދަރިވަރުން ދެކޭ ގޮތް ހުށައަޅައި ދޭނެ" ޑެޕިއުޓީ ޕްރިންސިޕަލް އަބްދުލް ފައްތާޙު ވިދާޅުވިއެވެ.
ހިޔާލު