ދެ ވަނަ ޓާމުގެ ކިޔެވުން ދަރުމަވަންތަ ސްކޫލުން ފެށީ 1400 ދަރިވަރުންނާ އެކު

ދެ ވަނަ ޓާމުގެ ކިޔެވުން ދަރުމަވަންތަ ސްކޫލުން މިއަދު ފެށީ 1398 ދަރިވަރުންނާ އެކުގައެވެ.

ދެވަނަ ޓާމުގެ ކިޔެވުން ފެށުމާއި އިއްޒުންދީން ސްކޫލުން ދަރުމަވަންތައަށް ބަދަލުވި ދަރިވަރުންނަށް މަރުހަބާ ކިޔަން ޚާއްޞަ އެސެމްބްލީއެއް މިއަދު ވަނީ ބާއްވާފައެވެ. މި އެސެމްބްލީ ޝަރަފުވެރިކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢުއެވެ.

މިއަދު ހެނދުނު ބޭއްވި މި އެސެމްބްލީގައި މިނިސްޓަރު ވިދާޅުވީ، ދަރުމަވަންތަ ސްކޫލު އެޅި މަޤްޞަދު މިއަދު ހާޞިލްވެގެން ހިނގެއްޖެ ކަމަށާއި މިއަދު އެ ސްކޫލުައި 1400 އެއްހާ ދަރިވަރުން ކިޔަވަމުންދާއިރު އެއީ ފުރާ ފުރިހަމަވެފައިވާ ސްކޫލެއް ކަމަށެވެ.

އެޑިޔުކޭޝަން ނިޒާމެއްގެ ތެރޭގައި ބަޔަކަށް އެންމެ ބޮޑު އިޙްތުރާމަކާއި ގަދަރެއް ލިބެން ޖެހޭނީ މުދައްރިސުންނަށް ކަމަށެވެ. އަދި އެންމެ ބޮޑު އަޅާލުމަކާއި އޯގާތެރިކަމާއި ކުލުނުވެރިކަން ލިބެން ޖެހޭނެ ފަރާތަކީ ދަރިވަރުން ކަމަށެވެ. ތައުލީމީ މުޅި ނިޒާން އޮތީ މި ދެފަރާތުގެ ހައްޤު ހިމާޔަތް ކުރުމަށްޓަކައި ކަމަށާއި މުދައްރިސުންގެ ލޯބި ލިބެންޖެހޭނެ ބަޔަކީ ކުދިންކަން ދަންނަންވާނެ ކަމަށާއި ސްކޫލުގެ ތެރޭގައި އެންމެ ބޮޑު ގަދަރަކާއި އިހްތިރާމެއް ކުރަން ޖެހޭނެ ބަޔަކީ މުދައްރިސުންނަށްކަން ދަރިވަރުން ވެސް ދަންނަން ޖެހޭނެ ކަމަށެވެ.

" ދަރިވަރުންނާއި މުދައްރިސުން ގުޅިގެން ކަންތައްތައް ކުރަން ސްކޫލުގެ ތެރޭގައި ތަރުތީބު ކުރެވިއްޖެކަމަށް ވަނީނަމަ ކޮންމެ ސްކޫލެއްގައި އޮންނާނީ އުފާވެރި މާހައުލެއް. އުނގެނުމަށް ފަހި މާހައުލެއް. ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ވައްޓަފާޅިތައް ޤާއިމް ކުރެވިފައިވާ މާހައުލެއް" މިނިސްޓަރު ޑރ. އިސްމާއިލް ވިދާޅުވިއެވެ.

އިއްޒުއްދީން ސްކޫލުގެ އިމާރާތުގައި އެނދުލައި އެ ތަން ބޭނުން ކުރަން ނުރައްކާ އޮތުމާއެކު އެ ސްކޫލުގެ ދަރިވަރުން ބަދަލު ކުރީ ދަރުމަވަންތަ ސްކޫލަށެވެ. އިއްޒުއްދީން ސްކޫލުގައި ކިޔަވަމުން ދިޔަ 500 އެއްހާ ދަރިވަރުން ދަރުމަވަންތައިގައި ކިޔެވަމުން ގެންދެއެވެ.

މިހާރު ދަރުމަވަންތަ ވާނީ މާލޭގެ ސަރަހައްދުގައި އެއް ދަންފަޅިއަށް އެންމެ ގިނަ ދަރިވަރުންނަށް ކިޔަވައިދޭ ސްކޫލަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *