އިންޑިއާގެ ކެއުންތަކަށް ހާއްޞަ ބޮލީވުޑް ރެސްޓޯރެންޓުން، ޓީޗަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން 20 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ނިންމައިފިއެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޓީޗަރުންގެ ދުވަހާ ގުޅިގެން މި ޑިސްކައުންޓް ދެނީ މިއަދުން ފެށިގެން މި މަހުގެ 7 ވަނަ ދުވަހާ ހަމައަށް އެ ރެސްޓޯރަންޓުން ދޭ ޚިދުމަތްތަކުންނެވެ.
މާވެޔޮ މަގުގައި ހުންނަ ބޮލީވުޑް ރެސްޓޯރަންޓުގެ މެނޫގައި ހިމެނޭ ކެއުންތައް "އަވަސްފުޑް" މެދުވެރިކޮށް އޮންލައިންކޮށް މިހާރު އޯޑަރު ކުރެވެއެވެ.
ބޮލީވުޑް ރެސްޓޯރެންޓަކީ އިންޑިއާގެ ކެއުންތަކަށް ހާއްސަ ރެސްޓޯރަންޓަކަށް ވާއިރު، ބިރިޔާނީ، ތަންދޫރީ ޗިކަން، ބަޓަރ ޗިކަންގެ އިތުރުން ތަފާތު ވައްތަރުތަކުގެ އިތުރު ޑިޝް ވެސް ލިބެން ހުރެއެވެ.
އިންޑިއާގެ ކެއުންތަކަށް، ދިވެހިންގެ މެދުގައި މިހާރު އެންމެ މަޤުބޫލީ ބޮލީވުޑް ރެސްޓޯރަންޓެވެ. އިންޑިއާގެ އޮރިޖިނަލް ރަހަތަކާއެކު ކަސްޓަމަރުންނަށް އަތްފޯރާ ފަށުގައި ކެއުންތައް ލިބޭނޭ މަގު ތަނަވަސްކޮށްދޭން އެ ރެސްޓޯރަންޓުން އަބަދު ވެސް އިސްކަންދެއެވެ.
advertisment
ހިޔާލު