އިންޑިއަން އޯޝަންސް ބެސްޓް ކަލިނަރީ ޓްރެއިނިންގ އިންސްޓިޓިއުޝަން އެވޯޑް ތިންވަނަ ފަހަރަށް އެމްއެންޔޫގެ އެފްއެޗްޓީއެސްއަށް

އިންޑިއަން އޯޝަންސް ބެސްޓް ކަލިނަރީ ޓްރެއިނިންގ އިންސްޓިޓިއުޝަންގެ އެވޯޑް މި އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް)އިން ހޯދައިފިއެވެ.

މި ކާމިޔާބީއަކީ އެމްއެންޔޫއަށް ލިބުނު ތިންވަނަ ކާމިޔާބީއެވެ.

މި އެވޯޑް، 2021 ވަނަ އަހަރާއި 2023 ވަނަ އަހަރު ވެސް ވަނީ ހޯދާފައެވެ. މި އެވޯޑަށް އެފްއެޗްޓީއެސްގެ އިތުރުން ރާއްޖޭގެ އެއް މުއައްސަސާއަކާއި ފާހަގަކޮށްލެވޭ ތިން ކަލިނަރީ ސްކޫލަކާއެވެ. އެވޯޑް ހަވާލު ކުރުމުގެ ރަސްމިއްޔާތު އޮތީ ޔުނައިޓެޑްގެ ދުބާއީގެ ސަމާސޯލްޓް ޖުމެއިރާ އަލް ނަސީމްގައެވެ. އެވޯޑާ ހަވާލުވެވަޑައިގެންނެވީ އެފްއެޗްޓީއެސްގެ ޑީން ޒީނަތު ސޯލިހާއި ލެކްޗަރާ އައިޝަތު ޝުދުފާ ވަހީދެވެ. އެމްއެންޔޫ/އެފްއެޗްޓީއެސްގެ ފަރާތުން ޝުއްފާ ވަހީދެވެ.

އެފްއެޗްޓީއެސްއިން އަންނަނީ ބައިނަލްއަޤްވާމީ ކަލިނަރީ މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބީތައް ހޯދަމުންނެވެ. އެފްއެޗްޓީއެސްގެ ދަރިވަރުން ވަނީ، ޔަންގް ޝެފް އޮލިމްޕިއާޑްގައި ބައިވެރިވި 60 ޤައުމުގެ ތެރެއިން ގަދަ 20 ވަނައިގެ  ތެރޭގައި ހިމެނިފައެވެ.

2020 އަހަރުން ފެށިގެން ވޯރލްޑް ކަލިނަރީ އެވޯރޑްސް ދޭން ފަށާފައިވާއިރު، މި އެވޯޑަށް ނޮމިނޭޓް ކުރުމުގައި ކެއްކުމުގެ ދާއިރާއިން މީހުން ބިނާކުރުމުގައި ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން އެ ދާއިރާއިން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި ކުރިއެރުންތައް ވަޒަން ކުރެއެވެ. އަދި ކެއްކުމުގެ ދާއިރާއަށް އަމާޒުކޮށް ތަފާތު ކޯސްތައް ހިންގަމުން ދިއުމާއި، ޤައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ ތަފާތު ވައްތަރުގެ ކެއްކުމުގެ މުބާރާތްތަކުގައި ބައިވެރިވެ، ހޯދާފައިވާ ކާމިޔާބީތަކަށް ބަލައެވެ.

ސެޓްފިކެޓް ލެވެލްއިން ފެށިފެން މާސްޓަރސް ފެންވަރަށް މިހާރު ކިޔަވައިދޭ އެފްއެޗްޑީއެސްއަކީ ރާއްޖޭގައި ހޮސްޕިޓަލި ދާއިރާއިން މީހުން ބިނާކުރާ އެންމެ ދުވަސްވީ އެންމެ ބޮޑު މަރުކަޒެވެ. 1987 ވަނަ އަހަރު އުފެދުނު އެ މަރުކަޒުން މިހާރު، އަހަރެއްގެ މައްޗަށް ހަ ސަތޭކައެންހާ ދަރިވަރުން ތަމްރީނު ކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *