1621 ސަނަދުގެ ތެރެއިން 1333 ސަނަދެއް ވެލިޑޭޓް ކޮށްފި

މިހާތަނަށް ހުށައެޅި 1621 ސަނަދުގެ ތެރެއިން 1333 ސަނަދެއް ވެލިޑޭޓް ކޮށްފައިވާނެ ކަމަށް މޯލްޑިވިސް ކުއަލިފިކޭޝަންސް އޮތޯރިޓީން ބުނެފިއެވެ.

އެ އޮތޯރިޓީން ބުނެފައި ވަނީ، ކޮލިފިކޭޝަން ރިކޮގްނިޝަންގެ ޚިދުމަތަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކުންނާއި ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކުން ދަރިވަރުން ހާޞިލްކޮއްފައިވާ ސަނަދުތަކަކީ އެމްކިޔުއޭ އިން ކަނޑައަޅާފައިވާ އެމްއެންއެފްކިޔު ލެވެލްއަށް ފެތޭ ސަނަދެއްކަން ކަށަވަރުކުރުމުގެ ގޮތުން ދެވޭ ޚިދުމަތެއް ކަމަށެވެ.

އެ އިދާރާއިން ބުނެފައި ވަނީ، ދަރިވަރުން 'ވެލިޑޭޓް' ކުރުމަށް ނުވަތަ ޕްރޮގްރާމެއްގެ ފެންވަރު ކަނޑައެޅުމުގެ ޚިދުމަތަށް އެދި އެމްކިޔުއޭއަށް ސަނަދެއް ހުށަހެޅުމުން އެ އިދާރާ އިން އެ ސަނަދެއްގެ ލެވެލް ބަލައި ޗެކްކުރުމަށްފަހު، އެ ސަނަދެއްގެ ލެވެލް އެނގޭނެ ފަދަ އެމްކިޔުއޭގެ ތައްގަނޑު ޖަހާފައިވާ ލިޔުމެއް ދަރިވަރަށް ދޭ ކަމަށެވެ.

މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ފެންވަރު ކަށަވަރުކޮށް، ރާއްޖޭގެ ޔުނިވާސިޓީ އަދި ކޮލެޖް އިންސްޓިޓިއުޓް ތަކުން ނިކުންނަ ދަރިވަރުންގެ ތައުލިމީ ފެންވަރު ހަރުދަނާ ކުރުމަށް ހަޔަރ އެޑިޔުކޭޝަން، ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން އެމްކިޔުއޭ އިން އަންނަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *