މަތީ ތައުލީމަށް ކިޔަވާ 13800 ދަރިވަރުންނަށް 690 މިލިއަން ރުފިޔާ ދޫކޮށްފި

ފުރަތަމަ ޑިގްރީއާއި ސްކޮލަރޝިޕް ސްކީމް އަދި ސްޓޫޑަންޓް ލޯނު ސްކީމްގެ ދަށުން ކިޔަވަމުން އަންނަ 13866 ދަރިވަރުންނަށް މާލީ އެހީގެ ގޮތުގައި 690 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މިއީ މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ދޫކުރި ފައިސާގެ އަދަދެވެ.

މި ސްކީމްތަކުގެ އިތުރުން ވެސް މަތީ ތަޢުލީމުގެ ފުރުޞަތުތަށް ދިވެހިރާއްޖޭގެ ދަރިވަރުންނަށް ފަހިކޮއްދިނުމަށް އަމާޒުކޮށް ހަޔަރ އެޑިޔުކޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން މިހާރުވެސް ޖަޕާނު، ތުރުކީ، މެލޭޝިޔާ، ޗައިނާ އަދި އިނގިރޭސިވިލާތް ފަދަ އެތަށް ޤައުމެއްގެ އެންބަސީތަކާއި، ޔުނިވާސިޓީތަކުގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައި، އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ސްކޮލަޝިޕް ފުރުޞަތުތަކާ ގުޅޭ އެއްބަސްވުންތައް މިހާރު ވެސް ހަދަމުން އަންނަ ކަމަށް ވެސް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *