ޒުވާނުން ވަޒީފާއަށް ނެރެން، ފުވައްމުލައް ސިޓީ ކައުންސިލުން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް

ޒުވާނުން ވަޒީފާއަށް ނެރެން ފުވައްމުލައް ސިޓީ ކައުންސިލުން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދުން ފެށިގެން ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ފުރުޞަތު ދީފައި ވަނީ 15 ޒުވާނުންނަށެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ، މަސައްކަތު ދުނިޔެއަށް ނުކުންނަ ޒުވާނުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ތަނަވަސް ފުރުޞަތުތަކެއް ހުޅުވާލަދީ ޒުވާނުން ބާރުވެރިކުރުވުމަށް މި ޕްރޮގްރާމުން ބާރުއަޅާނެ ކަމަށެވެ. މަސައްކަތުގެ މާހައުލުގައި އަޅާ ފުރަތަމަ ފިޔަވަޅަކީ ކުރިމަގުގައި މަސައްކަތުގެ ސަޤާފަތާއި މަސައްކަތުގެ އަޚްލާގު ގެންގުޅޭނެ ގޮތުގެ ބިންގާ އެޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެކުގައި  މަސައްކަތް ކުރާ އެހެން މީހުންނާ އެކު އޮންނަން ޖެހޭ ގުޅުމާއި މަސައްކަތުގެ މާހައުލުގައި ގެންގެޅެން ޖެހޭ އާންމު އުޞޫލުތަކަށް އަހުލުވެރި ކުރުން ވެސް ހިމެނޭ ކަމަށެވެ.

މި ޕްރޮގްރާމް ފުރިހަމަ ކުރާ ޒުވާނުންނަށް އެ އިދާރާގެ ހުރިހާ ޑިޕާޓްމަންޓެއްގައި މަސައްކަތްކޮށް އެ އިދާރާތަކުން އިލްމީ ތަޖުރިބާ އާއި ތަމްރީނު ދިނުމާއި ވަޒީފާގެ އަމަލީ ތަޖުރިބާ ދިނުމާއި މަސައްކަތް ރޭވުމާއި ވަގުތު މެނޭޖް ކުރުން ފަދަ ކަންކަމަށް ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނާ އެކު މަސައްކަތް ކުރުމުގެ ފުރުޞަތު ދޭނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *