އެޗްއެސްސީ އިމްތިޙާނާއި އޭލެވެލް އިމްތިހާން މިއަދު ފަށައިފިއެވެ.
އޭލެވެލް އިމްތިޙާން މިއަދު ފެށީ 4293 ދަރިވަރުންނާއެކުގައެވެ. އެއީ އެޗްއެެސްސީ ބައިވެރިވި 1663 ދަރިވަރުންނާއި އެޑެކްސެލް އޭލެވެލްގައި ބައިވެރިވި 3842 ދަރިވަރުންނެވެ. ރާއްޖޭގެ 48 ސެންޓަރެއްގައި މި އިންތިޙާން ކުރިއަށް ގެންދާނެއެވެ. މިއީ މިދިޔަ އަހަރަށްވުރެ 1025 ދަރިވަރުންގެ އިތުރުވުމެވެ. އަދި އިމްތިހާނު ހަދާ ސެންޓަރުތައް ވެސް މިދިޔަ އަހަރަށްވުރެ އިތުރެވެ.
މިދިޔަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު، އޭލެވެލް އިމްތިޙާނުގައި އިށީނީ 3298 ދަރިވަރުންނެވެ. އިމްތިޙާނު ހެދީ 45 ސެންޓަރެއްގައެވެ.
ކެމްބްރިޖް އޭލެވެލްގެ އިމްތިހާނުތައް މާދަމާ އިން ފެށިގެން ފެށިގެން އަންނަ މަހުގެ 14 އަށް ކުރިއަށް ދާނެއެވެ. އެޑެކްސެލް އޭލެވެލް އިމްތިހާނުތައް ފަށާނީ އަންނަ މަހުގެ 8 އެވެ. އެ އެޑެކްސެލް އޭލެވެލް އިމްތިހާނުތައް ނިމޭނީ އަންނަ މަހުގެ 31ގައެވެ.
advertisment
ހިޔާލު