ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަސް ދުނިޔޭގައި ފާހަގަ ކުރަނީ ފާމަސީ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ކޮންމެ އަހަރަކު ވެސް ކުލަގަދަ ކޮށް ފާހަގަ ކުރާ އެއް ބަޔަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ސައިންސް ( އެފްއެޗްއެސް) ގައި ތަމްރީނު ވަމުން އަންނަ ފާމަސިސްޓުންނެވެ.

ފާމަސީ ދުވަހުގެ ހަރަކާތް ކުރިއަށް ގެންދިޔައީ އެފްއެޗްއެސްގައެވެ. ދުވަހުގެ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔައީ ހެޔޮގޮތުގައި ބޭސް ބޭނުންކުރާނެ ގޮތާއި ވަކިވަކި ބޭސްތަކާ ބެހޭ ގޮތުން މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ ބޭހެއްގެ މައުލޫމާތު ދިނުމެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައިރު، ބްލްޑް ޕްރެޝާ އާއި ބޮޑީ މާސް އިންޑެކްސް ބަލައި ދިނުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދިޔައެވެ.

" ރައްކާތެރިކަމާ އެކު ބޭސް ބޭނުން ކުރުމަކީ ކޮންމެ މީހަކަށް ވެސް އެނގެން ޖެހޭނެ މައުލޫމާތެއް. އެ މައުލޫމާތު އެނގުނީމާ ބޭސް ބޭނުން ކުރުމުގައި ރައްކާތެރިވާން ޖެހޭނެ ކަންތައްތައް އެނގި މިހާރަށް ވުރެ ބޮޑަށް އެކަމަށް ސަމާލުކަން ދެވޭނީ ވެސް" އެފްއެޗްއެސްގެ ސީނިއަރ ލެކްޗަރަރ އައިޝަތު ޝިރާނީ ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

އެފްއެޗްއެސްގައި ފާމަސީ ދެ ކޯހެއް މިހާރު ހިންގައެވެ. އެއީ އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ކޯހާއި ބެޗްލާ ޑިގްރީ ކޯހެކެވެ. މި ދެ ކޯގައި 50 އެއްހާ ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.


advertisment
ހިޔާލު