ޓީޗަރސް ކޮންފަރެންސް އަންނަ މަހު 1ން 2އަށް

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް އަންނަ މަހުގެ 1ން2 އަށް މާލޭގައި ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ނިމިފައެވެ. މިއީ މި ކޮންފަރެންސް ބާއްވާ ހަތް ވަނަ ފަހަރެވެ. މި އަހަރުގެ ތީމަކީ "އެޑިއުކޭޓް އެމްޕަވަރ އެލިވޭޓް އިކުއިޓެބަލް އެޑިއުކޭޝަން ފޯރ ޓުވެންޓީ ފަސްޓް ސެންޗުއަރީ އެކްސެލެންސް"އެވެ.

2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޓީޗަރުންގެ މަސައްކަތާ ގުޅޭ ގޮތުން ކޮށްފައި ހުންނަ ރިސަރޗްތައް އެއްބޭފުޅަކު އަނެއް ބޭފުޅަކާ ހިއްސާކޮށް މަޝްވަރާ ކުރުމާއި ރިސަރޗަށް، ޚާއްޞަ ގޮތެއްގައި އެކްޝަން ރިސަރޗަށް އަހުލުވެރި ކުރުވުމެވެ.  ކިޔަވައިދިނުމުގެ ދާއިރާގައި މުހިންމު މަސައްކަތަކަށް ވީ ހިނދުގައި ދުވަހުން ދުވަހަށް ކުރާ މަސައްކަތުގެ ތެރެއިން އެބޭފުޅުން ކުރައްވާފައިވަ ތަޖުރިބާތައް ހިއްސާކުރުމާއި އެކިއެކި ކަންކޮޅުގައި ތިއްބެވި ޓީޗަރުންނާ ބައިނަލް އަގުވާމީ މުދައްރިސުންނާއެކު ރަނގަޅު ނެޓްވާރކެއް ޤާއިމް ކުރުމަކީ ވެސް މި ކޮންފަރެންސް މައިގަނޑު މަޤްޞަދެކެވެ.

މީގެ ކުރިން ބޭއްވި ކޮންފަރެންސްތަކާ ތަފާތުކޮށް، މިފަހަރު ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވައިދިނުމާ ގުޅޭ ޚާއްސަ ސެޝަނެއް ކުރިއަށްދަން ވަނީ ނިންމާފައެވެ. މި ސެޝަންގައި ޝާމިލުކޮށްގެން ކިޔަވައިދިނުމާ ގުޅޭގޮތުން ހަ ސްކޫލަކުން ތައްޔާރުކުރާ ޕްރެޒެންޓޭޝަންތައް ހުށައަޅާނެއެވެ. އަދި ކުރީ ކޮންފަރެންސްތަކާ ތަފާތުކޮށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ދީފައިވެއެވެ. 248 ފަރާތުން ބައިވެރިވާއިރު އޮންލައިންކޮށް 44 ފަރާތުން ބައިވެރިވެއެވެ. ދެ ދުވަހުގެ ކޮންފަރެންސްގައި 68 ޕްރެޒެންޓޭޝަން ހުށައަޅާނެއެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ ސީނިއަރ ކަރިކިއުލަމް އެނަލިސްޓް ޝުހުދާ ރިޒްވާން ޓީވީއެމްގައި ވިދާޅުވީ މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބޭފުޅުގެ ތައުލީމީދާއިރާއާ ގުޅުން ހުރި ފަރާތްތަކުން ބައިވެރިވާނެ ކަމަށެވެ.

ކޮންފަރެންސްގައި ބައިވެރިވާ މުދައްރިސުންގެ ކޮންފަރެންސްގައި ބައިވެރިވުމުގެ ފީ ދައްކައި ދިނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނެވެ.

މި ކޮންފަރެންސް ކުރިއަށް ގެންދަނި ސީއެޗްއެސްއީ މާލޭގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *